ޕަލަސްތީނުގެ އަހުލުވެރިން 1948 ގައިވަނީ ނިރުބަވެރި ކަމުގެ ހަމަލާގެ ޝިކާރަ އަކަށް ވެފައެވެ މިއީ ޒައިނިސްޓުން ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ގޮތުން ފެށި ޖަރީމާއެކެވެ ނަތީޖާއެއްގެ ގޮތުން އެތައްހާސް ފަލަސްތީނުގެ ރައްޔިތުންނެއްވަނީ ގެދޮރު ދޫކޮށް ސަލާމަތުގެ އަައްސޭރިއަށް އަނބި ދަރިން ގޮވައިގެން ހިޖުރަ ކޮށްފައެވެ
ނަކްބާ ޑޭ ނުވަތަ މުސީބާތުގެ ދުވަހުގެ ގޮތުގައި މި ދުވަހުގެ ހާދިސާތައް ސިފަކޮށްފައި ވެއެވެ
މިހާދިސާ ހިނގިތާ މިއަދަށް 70 އަހަރުފުރޭއިރު ނަކްބާ ޑޭގެ ހާދިސާގެ އަސަރުތައް އަދިވެސް އެތައްހާސް ފަލަސްތީނުގެ ރައްޔިތުންގެ ދިރުއުޅުމަށްވަނީ ކޮށްފައެވެ. މި މީހުން ދުނިޔޭގެ އެކި ހިސާބު ތަކުގައި ދިރިއުޅެމުން އެބަދެއެވެ.
ފަލަސްތީން
ޕަލަސްތީނު ރައްޔިތުންނަކީ އުފާވެރި ހިމޭން ދިރިއުޅުމެއް އުޅެމުން އައި ބައެކެވެ. އެމީހުންގެ ބިމަކީ އެމީހުންގެ ހުރިހާ ވެސް އެއްޗެވެ.
" އަހަރަމެން ގެ ދަނޑު ބިންތަކުން އަހަރުމެންނަށް ރައްކާތެރި ކަމާއި އުފާވެރިކަން ލިބެއެވެ. އަހަރުމެންގެ ގެތައް ރީތިވެފައި ދަނޑުބިން ފެއްސެވެ. އާފަލާއި އެޕްރިކޮޓާއި ޕީޗާއި އޮލިވްސް އާއި ތަރުކާރީ ހައްދާ އުޅެމެވެ. އެއީ އެންމެ އުފާވެރި ދުވަސް ތަކެވެ.”
އަހަރުމެންގެ ވަށައިގެންވީ ޤުދުރަތީ ރީތިކަމަކީ އަހަރުމެންގެ ޘަޤާފަތްކަމުގައި ވެގެންދިޔައެވެ.
"ކައިވެނި ހަފްލާއެއް އޮންނަމަ އަހަރެން އެމީހުންގެ އަތްފައިގައި ހީނާފަތް އަޅައިދޭން ދަމެވެ. އެކުވެރިންނާއިއެކު ހަފްލާގައި މަޖާކޮށް ހަދަމެވެ. އަހަރެން ނެތްނަމަ އެފަދަ ހަފްލާތައް ފަޅުނުފިލާ ކަމަށް އެމީހުން ބުނެއެވެ."
އަހަރެންގެ ދިރިއުޅުމުގައި ތައުލީމު އުނގެނުމަކީވެސް ވަރަށް އަހައްމިއްޔަތުކަން ދިން ކަމެކެވެ.
"އަހަރުމެންގެ ތައުުުުުުުުުުުުުުުުުލީމަށް ބައްޕަ ވަރަށް އިސްކަންދިން. އަހަރުމެން ސްކޫލަށް ފޮނުވަން ވަރަށް ބާރުއެޅި. ގްރޭޑް ހަތަކާއި ހަމައަށް އަހަރެން ކިޔަވަން ދިޔައިން"
ނަކްބާ
މުސީބާތުގެ އަހަރުގެ ކުރިން އައި އަހަރުތަކުގައި އިނގިރޭސީންގެ ޢަމަލުތަކަށް ފަލަސްތީނުގެ ރައްޔިތުން އިންތިހާއަށް ދެކޮޅު ހަދަމުން ގެންދިޔައެވެ. ފަލަސްތީނުގެ ބިމަށް ޔަހޫދީން ހިޖުރަކުރުވުމާއި ފަލަސްތީނުގެ ބިންތައް ޔަހޫދީންނަށް ދެމުންގެންދިޔަ ދިޔުމާމެދުއެވެ.

ޔަހޫދީންނާއި ފަލަސްތީނުގެ ބިން ހަވާލުކޮށް އިނގިރޭސީން ދިއުމާއެކު ފަލަސްތީނުގެ ރައްޔިތުންނާއި ޔަހޫދީންނާއި ދެމެދު ހިނގި ކުރިމަތިލުންތައް އިިިިިިިިިިތުރަށް ހޫނުވިއެވެ.
"ބަދަލުކުރެވެމުންދިޔަ ވަރުގަދަ ހަމަލާތަކާއި، ބިރުވެރިކަމާއި އަހަރުމެންގެ ދިފާޢުގައި ނިކުންނާނެ ތަރުތީބު ކުރެވިފައިވާ އަރަބި ހަނގުރާމަވެރިންގެ ލަޝްކަރެއް ނެތުމުގެ ނަތީޖާއަކީ މިއަދު އަހަރުމެންނަށް ޖެހިފައިމިވާ ހާލު"
އިޒްރޭލުގެ ޣައިރު ޤާނޫނީ ދައުލަތް އުފެއްދުމަށް ޞިޚްޔޫނީ ލަޝްކަރުން އެތައްހާސް ފަލަސްތީނު ރައްޔިތުންނަކަށް ހަމަލާދީ ފަލަސްތީނުގެ 350 އަށްވުރެ ގިނަ އަވަށްތައް ސުންނާފަތި ކޮށްލިއެވެ. މިލާއިންސާނީ ހަމަލާތަކުގައި 15.000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށް 750،000 އަށްވުރެ ގިިިިިިިިިިިނަ ރައްޔިތުންނަށް އަމިިިިިިއްލަ ގެދޮރާއި ވަޒަންދޫކޮށް ދާން މަޖުބޫރު ކުރުވިއެވެ.
"އެމީހުންގެ ހަމަލާތަކުން އަހަރެންގެ އަވަށު މީހުންތިބީ ވަރަށް ބިރުގަނެފައި. އަވަށްދޫކޮށް ދިއުމަށް އެމީހުން އަންގަމުންދިޔަ. ކައިރި ހިސާބުތަކުގައި ހިނގާދިޔަ ޤަތުލްއާމްތަކުގެ ޚަބަރުލިބި އަހަރެންގެ މަންމަހުރީ ވަރަށް ބިިިިިިިިިިިިިިިިިިިިިިިިިިިިރުގަނެފައިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި. އެހެންވެ މަންމަ ނިންމީ ކުދިންކޮޅު ގޮވައިން އަވަށްދޫކޮށް ދިއުމަށް"
"އަހަރުމެންގެ އަވަށަށް ބަރު ހަތިޔާރާއެކު އެމީހުން ހަމަލާދިން. އެހަމަލާތަކުގައި 85 މީހުން ޝަހީދުވިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި"
މިއީ ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޞިޚްޔޫނީން ހިންގި ނުބައިވެގެންވާ ޤަތުލްއާއްމެކެވެ.
"ޞިޚްޔޫނީ ގޭންގްތަކުން އަހަރެންގެ ބޮޑު ބޭބެއާއި އޭނާގެ ފިިރިހެން ދަރިފުޅު މަރާލިިިިިިިިިިިިިިިިިިިިިިިި. ފައި ޒަޚަމްވެފައި އޮތް އަހަރެންގެ މައިދައިތަ ސަލާމަތްކުރަންދިޔަ އަހަރެންގެ ކާފަވެސް މަރާލި. އަހަރެންގެ މައިދައިތަގެ ބިމުގައި އެމީހުން މައިދައިތަވެސް މަރާލި"
"1948 ވަނަ އަހަރު އަހަރެން ގެއާއި އަމިއްލަ ވަޒަން ދޫކޮށް ދާންޖެހުނުއިރު އަހަރެންގެ ފިރިހެން ދަރިފުޅު ވިހެއިތާވީ އެންމެ ހަފްތާއެއް. ބާސްކެޓަކަށް ދަރިދުޅުލައި ބޮލަށް ބާސްކެޓް ލައިގެން އަހަރެންދިޔައީިިިިިިިިިިިި. އެކުގައި ގެންދިޔައީ ވަަރަށް މަދު އެއްޗެއް. ދެ ރަޖާ ގަނޑާއި ހެދުން ކޮޅެއް"
ހަމަލާތައް ނިމުމުން އަވަސް މުސްތަޤުބަލެއްގައި އަނބުރާ އާދެވޭނެ ކަމުގެ އުއްމީިިިިިިިިދުގައި ގެދޮރު ދޫކޮށްދިޔަ މީހުން އެމީހުން ހިފާ ގެންގުޅޭ އެއްޗެހިންވެސް ގެންދިޔައީ ވަރަށް މަދު އެއްޗެކެވެ. ބޯހިޔާވަހިކޮށްލާނެ ތަނަކާއިި ހަމައަށް ފޯރީވެސް އެތައްދުވަހެއް ހުސްފަޔާ ހިނގި ފަހުންނެވެ.
"ޣާޒާގެ އިރުއުތުރުން 12 ކިލޯމީޓަރ ދުރުގައި އޮންނަ ދީރު ސުނައިދު އަވަށާއި ހަމައަށް އާދެވުމާއެކު ދަރިިިިިިިިިިިފުޅަށް ކާންދީ އަރާމުކޮށްލަން ބޭބެ ބުނި. އެކަންކަން ނިންމާ، މީހުންތަކުގެ ތެރެއިން ބޭބެމެން ހޯދާ ނުފެނުމުން އެކަނިމާއެކަނި ދަރިފުޅު ގޮވައިން ހިނގާފައި ޣާޒާއަށް ދިޔައިން. އާއިލާއާއި ބައްދަލުވީ އެމީހުން ގެއްލުނުތާ ދެދުވަސްފަހުން"
"ޣާޒާގައި އަހަރުމެން ހޭދަކުރީ އެދުވަހާއި ހަމައަށް އަހަރުމެންގެ ހަޔާތުގައި ހޭދަކުރި އެންމެ ދަތި ދުވަސްތައް. ނިދީ ވެލިގަނޑު މަތީގައިިިިިިިިިިިިިިި. ގަދަފިނީގައި މުޅިދުވަސް ހިނގާ ވަރުބަލިވިއިރުވެސް ކާނެ އެއްޗެއް ނުލިބުނު. ހެނދުނު ހޭލެވުމާއެކު މަންމަ ނިންމީ އަނެއްކާވެސް ކާނެ އެއްޗަކާއި ފިނިން ސަލާމަތްވާން ރަޖާ ގަނޑެއް ލިބޭތީ ދާން"
ނޫރާގެ މަންމަ އެދުވަހު ދިޔަ ގޮތަށް އަނބުރާ ނާދެއެވެ. އެއްވެސް ޚަބަރެއްނުވެ ވީނުވީއެއް ނޭނގުނެވެ.
ރެފިއުޖީންގެ ގޮތުގައި ގެދޮރުދޫކޮށް ނިކުތްމީހުން އެތައްބަޔަކު ކާއެއްޗެއް ލިބޭތޯ އަނބުރާ އެމީހުންގެ އަވަށްތަކަށް ދިޔައެވެ. އެހެން ނަމަވެސް އެއިގެ ތެރެއިން ގިނަމީހުން އަނބުރާ ނާދެއެވެ. ހަނގުރާމައިގެ މެދުގައި ތާށިވީއެވެ. ނޫންނަމަ ސިޚްޔޫނީންގެ އެމީހުން ޤަތުލުކުރީއެވެ.
ކޭމްޕްގެ ދިރިއުޅުން
"ވެލިގަނޑުމަތީގައާއި ގަސްތަކުގެ ހިޔަލުގައި ނިދަމުން އަންނަތާ އަހަރެއް ފާއިތުވީފަހުން އ.ދ ގެ ފަރާތުން އަހަރުމެންނަށް ޓެންޓެއް ލިބުނު"

ނަކްބާ ޑޭގެ ހާދިސާއަށް އަހަރަކަށްވުރެވެސް ގިނަ ދުވަސްވީފަހުން 1949 ވަނަ އަހަރުގެ ޑިސެމްބަރ މަހު އ.ދ އިން ފަލަސްތީނުގެ ރެފިއުޖީންއަށް ރިލީފް އެންޑް ވޯރކް އޭޖެންސީއެއް އުފައްދާ މަސައްކަތް ފެށިއެވެ.
"ޓެންޓްގައި ދިރިއުޅެންޖެހެނީ ވަރަށް ދަތި ހާލުގައި. 10 އާއިލާ އެއް ޓެންޓްގައި އުޅޭއިރު ބައިތައް ވަކިކޮށްފައި ހުންނަނީ ފޮތި ގަނޑަކުން"
"ހަތްވަރަކަށް އާއިލާގެ މީހުން ބޭނުންކުރަން ހުންނަނީ އެންމެ ފާޚާނާއެއް. ފާޚާނާ ބޭނުންކުރެވޭވަރުވަނީ އެތެއް އިރަކު ކިއުގައި މަޑުކުރުމަށްފަހު. ބޯފެނާއި ކާނާއި ލިބެނީ އ.ދ އިން އެތަކެތި ފޯރުކޮށްދޭ ޕޮއިންޓްތަކުގައި ކިއު ޖެހިގެން. އެހެން އާއިލާ ތަކެކޭ އެއްގޮތަށް އަހަރުމެން އާއިލާވެސް ދިރިއުޅުނީ އިންތިހާއަށް ފަޤީރު ކަމުގައި. މުޅި ދިރިއުޅުން ބަރޯސާވެފައި އޮތީ އ.ދ ގެ އެޖެންސީއިން ފޯރުކޮށްދެމުންދިޔަ ތަކެއްޗަށް"
ބައެއް ކޭމްޕްތަކުގައި އ.ދ ގެ އޭޖެންސީގެ ސްކޫލްތައް ޤާއިމްކޮށްފައި ހުއްޓެވެ. އަދި ކިޔެވުން ކުރިއަށް ގެންދަން ބޭނުންވި ކުދިންނަށް އެފުުރުޞަތު ހުޅުވާލާފައި އޮތެވެ.
"ކޭމްޕްގައި އަހަރެން ހައި ސްކޫލް ފުރިހަމަކުރިން. މިހާރުވެސް އަހަރެންނާއި އަރަބިއާއި އިނގިރޭސިއާއި ފްރާންސް ބަހުގެ އިތުރުން ހިބްރޫ ބަހުން ވާހަކަދައްކަން އިނގޭ"
ކޭމްޕްގައި އޭރި ހޭދަކުރި ދުވަސްްތައް ހަނދާންވުމުން ނޫރާއަށް ރޮވުނެވެ. އެކި ފަރާތްތަކުގެ އެހީއާއެކުވެސް ރެފިއުޖީ ކޭމްޕްތަކުގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅުނީ އިންތިހާއަށް ފަޤީރު ކަމުގައެވެ.
ކޭމްޕްގައި ހުރި ފޭލިގެ ތަކުގެ ބަދަލުގައި ގަލުން ރާނާފައިވާ ގެތައް ލިބި އިހުނަށްވުރެ ކޭމްޕްގެ ހާލަތު ރަނގަޅުވިއެވެ. މިއާއެކު މުސީބާތުގެ ދުވަހުގައި ގެއްލިގެންދިޔަ ލޯބިވާ މީހުންގެ ޚަބަރެއްވޭތޯ ކުރަމުންދިޔަ މަސައްކަތް އަނެއްކާވެސް ފެށުނެވެ.
ނޫރާވެސް އޭނާގެ އާއިލާ މީހުންގެ ޚަބަރެއްވޭތޯ ބަލަމުން ގެންދިޔައެވެ.
"އޭރު އިޒްރާއިލް ރޭޑިއޯއިން ގެނެސްދޭނެ ޕްރޮގްރާމެއް. ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އާއިލާގެ މީހުންނަށް ސަލާމާއި މެސެޖު ފޮނުވައިދޭ"
އެހެންނަމަވެސް އެތައް ދުވަހެއްވީއިރުވެސް އަވަށުގައި މަޑުކުރި ބައްޕަގެ ޚަބަރެއް ނޫރާއަކަށް ނުވިއެވެ. އެނބުރި އަވަށަށްދިޔަ މަންމައާއި ބޭބެގެ މެސެޖެއްވެސް ނުލިބުނެވެ.
"އަހަރެން ކޮންމެ ދުވަހަކުވެސް އެޕްރޮގްރާމަށް ވަރަށް އިންތިޒާރުކުރިން. އާއިލާ މީހުންގެ ޚަބަރެއް ލިބޭނެ ހަމައެކަނި ގޮތަކީ އެއީ. އެހެންވެ އަހަރެން ކައިވެނިކުރިއިރު ރަނުގެ ގޮތުގައި ލިބުނު އެއްޗެހިން ޕްރޮގްރާމް އަޑުއަހަން ރޭޑިއޯއެއްވެސް ގަތިން"
1967
1967 ވަނަ އަހަރު ފެށުނު އަރަބި އިޒްރާއިލް ހަނގުރާމައާއެކު ރެފިއުޖީންގެ ގޮތުގައި ވަޒަންދޫކޮށް ދާންޖެހުނު އެތަކެއް ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ކަމުގެ އުއްމީދުއާވިއެވެ.
"1967 ހަނގުރާމަ އަހަރުމެންގެ އުއްމީދު އައުކޮށްދިން. އަހަރެން ހަނދާންވޭ އޭރު އަހަރެންނަށްވުރެ ބޮޑެތި މީހުން ބުނަމުންދިޔަ ހަނދާން، އަނބުރާ ޤައުމަށް ދިޔުމަށް ފޮށި ތަންމަތި ތައްޔާރުކުރުމަށް. ޤައުމަށް ދެވޭ ދުވަސް ކައިރިވެއްޖެ ކަމަށް އެމީހުން ބުނަމުންދިޔަ. އެހެން ނަމަވެސް އަރަބި ހަނގުރާމަވެރިން ބަލިވުމާއެކު އެއުއްމީދުތައް ފަނޑުވެގެންދިޔައީ އެންމެ ފަހުން. އެންމެން ވަރަށް ދެރަވެ ހިތާމަކުރި"
"ހަނގުރާމަ ހިނގަމުންދިޔައިރު އަހަރުމެން ދިރިއުޅެމުން ގެންދިޔައީ ޖަންގަލީ ތެރޭގައި. ބަނޑުހައިވެގެން ކާނެ އެއްޗެއް ނުލިބުމުގެ ސަބަބުން ކެއީ ވިނަ. ކޮންތާކަށްވަކި އަހަރުމެންދާނީ. ކުރިމަތީ އޮތީ ކަނޑު"
1967 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އިޒްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކެއް ފޭރިގަތެވެ. މިއާއެކު އެތަންތަނުގައި ދިރިއުޅެމުންދިޔަ ރައްޔިތުންނަށް 1948 ގައި ޖެހުނުފަދަ މުސީބާތެއް ޔަހޫދީންގެ ފަރާތުން ލައިގަތެވެ.
19 އަހަރަށްފަހު ނޫރާއަށް އޭނާގެ އާއިލާގެ ޚަބަރެއްވިއެވެ. އެމީހުން ނޫރާއާއި ބައްދަލުކުރުމަށް ރެފިއުޖީ ކޭމްޕަށް އަންނަ ކަމުގެ ޚަބަރެވެ.
"ބައްޕަގެ ބޮލުގައި ނުރަ ޖަހާފައި ހުރުމުގެ ސަބަބުން ވަކިކުރަންވެސް އުނދަގޫވި. އަހަރެން އެންމެ ބޮޑަށް ހައިރާންވީ ފުރޮޅުލީ ގޮނޑީގައިއިން މަންމަ ފެނުނީމަ. މަންމަވީ ޕެރަލައިޒްވެފައި"
"އަހަރުމެން އެދުވަހު ވަރަށް ރުއިން. ދުވަސްތަކަކަށްފަހު އާއިލާއާއި ބައްދަލުވުމުން ވަރަށް އުފާވި. އެހެންނަމަވެސް މަންމަ އިން ހާލުފެނި ވަރަށް ދެރަވި."
"އެދުވަހުގެ ފަހުން އަހަރެންނަށް ކުދިންނާއެކު މަންމަމެން ގާތަށް ޒިޔާރަތްކުރާނެ ފުރުޞަތު ލިބިގެންދިޔަ. ބޭބެގެ ކައިވެނީގެ ހަފްލާއަށްވެސް ދިޔައިން. މަންމައާއި ބައްޕަ ނިޔައިވެގެން ޖަނާޒާއަށްވެސް"
ގެއަށްދެވޭނެ ކަމުގެ އުއްމީދުގައި
"1980 ގައި އަހަރެން މަސައްކަތްކުރަމުން ގެންދިޔައީ އިޒްރާއިލްގައި. އެވަށަކުން އަހަރެން ނެރެލި އަވަށުގައި. މީހުން އެތެރެވުމާއި ބޭރުވުމުގެ ކަންކަން އެދުވަސްވަރު ތަންކޮޅެއް ލުއިފަސޭހަކޮށް އޮތުމުގެ ސަބަބުން އަހަރެން ގަސްދުކުރީ އަހަރެންގެ އާއިލާއަށް އެމީހުންގެ ވަޒަން ދައްކާލަން ގެނައުމަށް"

"އަހަރެން އެޚަބަރު ދިނުމާއެކު އެމީހުން އުފަލުން ފުންމަންފެށި. އެދަތުރުގައި ދާހިތުން އެރޭނުވެސް ނިދާ އުޅުނީ"
"އަހަރެން އަބަދުވެސް އަހަރެންގެ ކުދިންނާއި މާމަކުދިންނަށް އެމީހުންގެ ވަޒަނުގެ ވާހަކަތައް ކިޔައިދެން"
"ކޮންމެ އަހަރަކު މެއިމަހު އަހަރެން މާމަ ކުދިންނާއެކު ބޯޑަރަށްދަން. އެކުދިންނަށް އެމީހުންގެ އަސްލު ވަޒަން ދައްކާލަން. އަހަރެން އަބަދުވެސް އެކުދިންގާތު އަހަރުމެންގެ އަމިއްލަ ވަޒަނުގެ ވާހަކަ ދައްކަން. އަނބުރާ އެތަނަށް ދިއުމުގެ ހައްޤު އެކުދިންނަށް ވާކަމުގެ ވާހަކަތައް ބުނެދެން. އެކުދިން އަބަދުވެސް އަހަރެންނާއި ސުވާލުކުރޭ، ކޮންިއރަކުންތޯ ދެން ބޯޑަރަށް ގެންގޮސްދޭނީ؟"

















ޚިޔާލު