ބޭނުންވާ ތަކެތި
1 އުރަ ނޫޑްލްސް (މަޑުކޮށްފައި)
1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)
1 މަސްދަޅު
2 ލުނބޯ
½ އިންޗް އިނގުރު ( ގާނާފައި)
ލޮނު
ގިތެޔޮ މިރުސް
3/1 ޖޯޑު ފެން
ރީނދޫ
ތައްޔާރު ކުރާނެގޮތް
ލޮނުކޮޅެއް އަދި ރީނދޫކޮޅެއް ލައިގެން ފިޔާ ރަނގަޅަށް މޮޑެލުމަށްފަހު އެއަށް ލުނބޯ ހުތްޖަހައިގެންވެސް މޮޑެލާށެވެ. ދެން ކޮށާފައިހުރި ހިކަނދިފަތާއި، މިރުހާއި، އިނގުރުލައިގެންވެސް މޮޑެލާށެވެ. އެއަށްފަހު މަސްއަޅާފައި މޮޑެލުމަށްފަހު ލޮނު ހެޔޮވަރުކޮށްލާށެވެ. ދެން މަޑުކޮށްފައިހުރި ނޫޑްލްސް އަޅާލުމަށްފަހު އެކުލަވާލާށެވެ. ރީނދޫ ކުލަ މަޑުނަމަ ކުލަ ޖެހޭވަރަށް ރީނދޫ ކޮޅެއްއަޅާލާށެވެ. ދެން ފެންފޮދެއް އަޅާލުމަށްފަހު ހުރިހާއެއްޗެއް އެކުލަވާލައި ލޮނު ހެޔޮވަރުކޮށްލާފައި އަވަނުން ނުވަތަ ތަވައިގައި ފިހެލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...