ދުނިޔެ ކުންދުޒްއަށް ދިން ހަމަލާގައި މަރުވެފައިވަނީ 30 ކުދިން: އ.ދ

ކުންދުޒްއަށް ދިން ހަމަލާގައި މަރުވެފައިވަނީ 30 ކުދިން: އ.ދ

ކުންދުޒްއަށް ދިން ހަމަލާގައި މަރުވެފައިވަނީ 30 ކުދިން: އ.ދ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަފްޣާނިސްތާނުގެ އުތުރުން އޮންނަ ކުންދުޒް އަވަށަށް މިދިޔަ މަހުގެ ދެވަނަ ދުވަހު އެޤައުމުގެ ސަރުކާރުގެ ހެލިކޮޕްޓަރުތަކުން ދިން ހަމަލާގައި މަރުވެފައިވަނީ 36 މީހުން ކަމަށާއި އޭގެ ތެރޭގައި 30 ކުޑަކުދިން ހިމެނޭކަމަށް މިކަން ތަހްޤީގުކޮށް އ.ދ އިން ނެރުނު ރިޕޯޓުގައި ބުނެފިއެވެ.

ޤުރުއާން ހިތުދަސްކޮށްނިންމާއި ޙާފިޒްކަމުގެ ސަނަދު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަކަށް ދިން މިހަމަލާގައި 107 އަށްވުރެ ގިނަ މީހުންނާއި ކުދިން ޒަޚަމްވެފައިވާ ކަމަށްވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޔޫއެންއިން މިހެން ބުނެފައިވީ ކަމުގައި ވިޔަސް 101 ކުއްޖަކަށް ޙާފިޒްކަމުގެ ސަނަދު ހަވާލުކުރުމަށް ބޭއްވި މިރަސްމިއްޔާތަށް ދިން ހަމަލާގައި 80 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ކުރިން ރިޕޯޓު ކޮށްފައިވެއެވެ.

މަންޒަރުދުށް 90 މީހަކާއި އިންޓަރވިއުކޮށް ހޯމަދުވަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުގެ ހެލިކޮޕްޓަރުތަކުން ރޮކެޓާއި މެޝިން ބަޑިން މިރަސްމިއްޔާތަށް އެއްވެ ތިބި މީހުންނަށް ހަމަލާދީފައިވާ ކަމަށެވެ.

މިހަމަލާއާއި ގުޅިގެން މިދިޔަމަހު އަފްޣާން ސަރުކާރުން ބުނެފައިވަނީ މިހަމަލާއަކީ ޠާލިބާނުންގެ "ރެޑް ޔުނިޓް" ގެ މެމްބަރުންނަށް ދިން ހަމަލާއެއް ކަމަށެވެ.

މިހަމަލާއާއި ގުޅިގެން އަފްޣާންގެ ރައީސް އަޝްރަފް ޤަނީ ތަހުޤީގެއް ފެށުމަށް އަމުރުކުރި ނަމަވެސް އެތަހުގީގުގެ ހިލަމެއް އަދި ނުވެއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.