ދުނިޔެ

4000 މުސްލިމް ކިޔަވާކުދިން މަރާލުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ

އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ އަލިގަރްގައި 4000 މުސްލިމް ކިޔަވާކުދިން ބޯން ބޭނުންކުރާ ފެނަށް މީދާ މަރާ ބޭސްއަޅައި އެކުދިންތައް މަރާލުމަށްކުރި މަސައްކަތް ﷲ ގެ ރަހްމަތުން ނާކާމިޔާބު ވެއްޖެއެވެ.

ކުރީގެ ނައިބް ރައީސް ހާމިދު އަންޞާރީގެ އަނބިކަނބަލުން ސަލްމާ އަންޞާރީ ހިންގަވާ މިމަދަރުސާގެ ދަރިވަރުން ބޭނުންކުރާ ފެން ކޫލަރުތަކަށް މީދާ މަރާ ބޭސް ބަޔަކު އަޅަން ތިއްބާ ފެނިފައިވަނީ އެމަދަރުސާގައި ކިޔަވަމުންދާ އަފްޒަލް ނަމަކަށް ކިޔާ ކުއްޖަކަށެވެ. އަދި އަފްޒަލްއަށް އެތަން ފެނުމުން އެވާހަކަ ނުބުނެ އަނގަ މަޑުން ލައިގެން ހުރުމަށް އެމީހުން ވަނީ ފިސްތޯލަކުން އަފްޒަލްއަށް ބިރުދައްކާފައެވެ.

އަފްޒަލް މިހާދިސާ އެމަދަރުސާގެ ގާޑު ގާތު ބުނެފައެވެ. އަދި އެނާވަނީ މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން މަަދަރުސާގެ ވަށައިގެންވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ