ދުނިޔެ 5 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރުމަށްފަހު މަރާލި މީހަކަށް މަރުގެ އަދަބުދީފި

5 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރުމަށްފަހު މަރާލި މީހަކަށް މަރުގެ އަދަބުދީފި

5 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރުމަށްފަހު މަރާލި މީހަކަށް މަރުގެ އަދަބުދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔަމަނުގައި އުމުރުން 5 އަހަރުގެ އަންހެންކުއްޖަކު ވަގަށްނަގާ ރޭޕް ކުރުމަށްފަހު މަރާލިކަމުގެ ކުށް ސާބިތުވި މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކޮށްފިއެވެ.

ކުށް ސާބިތުވެފައިވާ ހުސައިން އަބްދުﷲ އަލްސާކިތުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ޔަމަނުގެ ވެރިރަށް ސަންޢާގެ ތަހުރީރު މައިދާނުގައެވެ.

އުމުރުން 22 އަހަރުގެ ސާކިތުވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އުމުރުން 5 އަހަރުގެ ޞަފާ މުހައްމަދު ޠާހިރު ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖަކު ކިޑްނެޕްކުރުމަށްފަހު މީހުން ދިރިއުޅޭ ހިސާބާ ދުރު ސަހަރާއަކަށް ގެންގޮސް އެކުއްޖާ ރޭޕްކޮށް މަރާލުމަށްފަހު ވަޅުލާފައެވެ.

މިކަން ސާކިތުގެ މައްޗަށް ސާބިތުވެ އޭނާ މެރުމަށް އިއްވި ހުކުމަށް ޔަމަނުގެ ސްޕްރިމް ކޯޓުންވެސްވަނީ ތާއީދު ކޮށްފައެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ތަހުރީރު މައިދާނަށް އެއްވެތިބި މީހުންގެ ކުރިމަތީގައިވަނީ ސިފައިންވަނީ ސާކިތުގެ ގަޔަށް ބަޑިޖަހާ މަރާލާފައެވެ. އަދި ގިނަ މީހުންނަށް ފެންނާނެހެން ކްރޭނެއްގެ އެހީގައި އެނާގެ ހަށިގަނޑުވަނީ މައިދާނުގައި އެލުވާފަައެވެ.

ޔަމަނުގައި މިއަހަރުގެ ފިޠުރު ޢީދު ދުވަހު ތިން އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މީހެއްގެ މައްޗަށްވެސް މިމަހުގެ އެއްވަނަ ދުވަހުވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.