ސުފުރާ މެގްނަމް ޕުޑިންގ

މެގްނަމް ޕުޑިންގ

މެގްނަމް ޕުޑިންގ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާ ތަކެތި

1 ޕެކެޓް މާރީ ބިސްކޯދު

1 ދަޅު ގެރިކިރު

2 ބިސް

1 މޭޒުމަތީ ސަމްސާ ބަޓަރ

4 ސަމްސާ ކޯން ފްލަރ

1 ޕެކެޓް ފުލްކްރީމް (މިލްކް)

1 މިލްކް ޗޮކްލެޓް

ތައްޔާރުކުރާނެ ގޮތް: ބިސް، ގެރިކިރު، ބަޓަރ އަދި ކޯން ފްލަރ މިކްސަރ އިން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ތެއްޔަކަށް ފުލް ކްރީމް ޕެކެޓް އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ރަނގަޅަށް ހޫނުވުމުން ކުރިން ގިރި ބައި ތެއްޔަށް އެޅުމަށްފަހު މަޑުމަޑުން ހަލުވަމުން ގެންދާށެވެ. އޮލަވާން ފެށުމުން ޓްރޭގައި ބިސްކޯދު ފަތުރާލުމަށްފަހު އޭގެ މައްޗަށް އޮލަކުރި އެއްޗެހި އަޅާށެވެ. މިގޮތަށް އަދި އެއް ލޭޔަރ ހަދާށެވެ. އެއަށްފަހު މައްޗަށް ޗޮކްލެޓް ގާނާށެވެ. ފިނިކޮށްލުމުން ރަހަ ވަރަށް މީރުވާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.