ދުނިޔެ ޤައްޒާއާއި މިސްރުގުޅޭ ބޯޑަރު އަލުން ހުޅުވައިފި

ޤައްޒާއާއި މިސްރުގުޅޭ ބޯޑަރު އަލުން ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރަހިމް މަބްރޫކް

މިސްރުގައި ހިންގި ސިޔާސީ އިންޤިލާބަށްފަހު، 30ޖެނުއަރީ 2011ގައި  ބަންދުކުރި ރަފާޙް ބޯޑަރ އަލުން ހުޅުވައިފިއެވެ. ރަފާޙް ބޯޑަރަކީ ފަލަސްތީނުގެ ރައްޔިތުން އެހެން ގައުމުތަކަށް ވަދެ ނުކުމެވޭ ހަމަ އެކަނި ބޯޑަރެއެވެ.

މީގެ އިތުރުން ބަންދުކޮށްފައިވާ މިސްރުގެ ޓާމިންލް އަންނަ ހުކުރުދުވަހު މިސްރުން ޤައްޒާއަށް ދާންބޭނުންވާ މީހުންނަށް ހުޅުވާލާނެ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. މީގެ ސަބަބުން މިސްރުގައި ބަންދުވެފައިތިބި ގިނަ އަދަދެއްގެ މީހުންނަށް އެމީހުންގެ ވަތަނަށް އެނބުރި ދިޔުމުގެ ފުރުޞަތުލިބިގެންދާނެއެވެ.

މިދިޔަ އާދިއްތަ ދުވަހު ހަމާސްގެ އޮފިޝަލެއް ވިދާޅުވިގޮތުގައި ބަންދުކޮށްފައިވާ މިސްރުގެ ޓާމިންލް އަންގާރަ ދުވަހު ފަލަސްތީނުން މިސްރަށް އަންނަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާނެއެވެ.

ޓާމިނަލްގެ އޮފިސަރެއްކަމަށްވާ އައްޔޫބު އަބޫ ޝާރް ހާމަކުރެއްވި ގޮތުގައި މިހާރު މިސްރުން ނުކުތުމަށް ބޭނުންވެފައިވާ ފަލަސްތީނުގެ މީހުންނަށް ވަނީ އެ ފުރުޞަތު ހުޅުވާލެވިފައެވެ. އަދި މިހާތަނަށް 3000 މީހުން މިސްރުން ނުކުތުމަށް ރަޖިސްޓްރީ ކޮށްފާވާކަމަށް އައްޔޫބު ވިދާޅުވިއެވެ. އަދި ޓާމިންލް 24 ގަޑިއިރު ހުޅުވާއިފައި ބެހެއްޓުމަށް އުއްމީދުކުރާކަމަށްވެސް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.