ދުނިޔެ ތިންމަސްދުވަހު ތެރޭގައި ޣައްޒާގައި 14600 ވުރެ ގިނަކުދިން އުފަންވެއްޖެ

ތިންމަސްދުވަހު ތެރޭގައި ޣައްޒާގައި 14600 ވުރެ ގިނަކުދިން އުފަންވެއްޖެ

ތިންމަސްދުވަހު ތެރޭގައި ޣައްޒާގައި 14600 ވުރެ ގިނަކުދިން އުފަންވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2017 ވަނަ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ޣައްޒާގައި 14،630 ކުދިން އަލަށް އުފަންވެ ރަޖިސްޓްރީ ކޮށްފައިވާކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސިވިލް އެފެއަރޒް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލް ހަލީމީ ވިދާޅުވީ މިއަދަދާއެކު ޣައްޒާގެ އާބާދީ 2،031،000 އަށް އިތުރުވެފައިވާ ކަމަށާއި މީގެ ތެރެއިން 49 އިންސައްތައަކީ އަންހެނުން ކަމަށެވެ.

ހަލީމީ އިތުރަށް ވިދާޅުވީ ޣައްޒާގެ އާބާދީގެ 70 އިންސައްތައަކީ ޒުވާނުންނާއި ކުޑަކުދިން ކަމަށެވެ. އެގޮތުން 850،000 މީހުންނަކީ އުމުރުން 1 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނެވެ.

2016 ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން އެއަހަރު 58،170 ކުދިންވަނީ ޣައްޒާއަށް އުފަންވެފައެވެ. އެއީ ދުވާލަކަށް 160 ކުދިންގެ ނިސްބަތުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.