ދުނިޔެ މުސްލިމުންނާއި ރެފިއުޖީން އެތެރެވުން ހުއްޓުވުމަށް ނެރުނު ދެވަނަ އަމުރުވެސް ހުއްޓުވައިފި

މުސްލިމުންނާއި ރެފިއުޖީން އެތެރެވުން ހުއްޓުވުމަށް ނެރުނު ދެވަނަ އަމުރުވެސް ހުއްޓުވައިފި

މުސްލިމުންނާއި ރެފިއުޖީން އެތެރެވުން ހުއްޓުވުމަށް ނެރުނު ދެވަނަ އަމުރުވެސް ހުއްޓުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުސްލިމް 6 ގައުމެއްގެ މީހުން އެމެރިކާއަށް އެތެރެވުން ހުއްޓުވުމަށާއި ރެފިއުޖީން އެމެރިކާއަށް އެތެރެވުން މަނާކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުނު ދެވަނަ އަމުރުވެސް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ހުއްޓުވައިފިއެވެ.

އެމެރިކާގެ ގާނޫނުއަސާސީ ބުނާގޮތުން ފެޑެރަލް ކޯޓެއްގެ ފަނޑިޔާރަކު ކުރާ ހުކުމަކަށް އަމަލުކުރުން މުޅި އެމެރިކާގެ މައްޗަށް ލާޒިމްވާނެއެވެ. މިހުކުމާއެކު ޓްރަމްޕުގެ އަމުރަށް އަމަލުކުރުން އަނެއްކާވެސްވަނީ ހުއްޓިފައެވެ.

މިފަހަރުގެ އަމުރު ހުއްޓުވާފައިވަނީ އެމެރިކާގެ ހަވާއީގެ ހޮނޮލުލޫ ކޯޓެއްގެ ފެޑެރަލް ފަނޑިޔާރު ޑެރިކް ވޮޓްސަންއެވެ. ފަނޑިޔާރުގެ ހުކުމުގައިވަނީ ރައީސް ޓްރަމްޕްގެ އަމުރަކީ ގާނޫނީ ހަމަތަކުގެ ބޭރު އަމުރެއް ކަމަށާއި އެ އަމުރަށް އަމަލުކޮށްފިނަމަ އޭގެ ސަބަބުން ދާއިމީ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

ސޫރިޔާ، އީރާން، ލީބިޔާ، ސޯމާލިއާ، ޔަމަން އަދި ސޫދާނު ރައްޔިތުންނަށް ވިސާ ނުދިނުމަށާއި، އަދި އެއްވެސް ރެފިއުޖީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށް ޓްރަމްޕް ފުރަތަމަ އަމުރު ނެރެފައިވަނީ ޖެނުއަރީ މަހުގެ 27 ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.