ދުނިޔެ ސޫރިޔާގެ ރައްޔިތުންގެ އިޚްތިރާމް ލިބިފައިވާ ޑޮކްޓަރ ރަޝިޔާގެ ވައިގެ ހަމަލާއެއްގައި ނިޔާވެއްޖެ

ސޫރިޔާގެ ރައްޔިތުންގެ އިޚްތިރާމް ލިބިފައިވާ ޑޮކްޓަރ ރަޝިޔާގެ ވައިގެ ހަމަލާއެއްގައި ނިޔާވެއްޖެ

ސޫރިޔާގެ ރައްޔިތުންގެ އިޚްތިރާމް ލިބިފައިވާ ޑޮކްޓަރ ރަޝިޔާގެ ވައިގެ ހަމަލާއެއްގައި ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގެ އެތައް ރައްޔިތުން ދަންނަ، އިޚްތިރާމް ލިބިފައިވާ މަޝްހޫރު ޑޮކްޓަރ ހަސަން ހަރީރީ ރަޝިޔާގެ ވައިގެ ހަމަލާއެއްގައި ނިޔާވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ހަސަަަން ހަރީރީ ނިޔާވެފައިވަނީ އާދީއްތަ ދުވަހު ވައިގެ މަގުން ބޮން އަޅާ ދިން ހަމަލާތަކުގައެވެ. ނިޔާވި އިރުވެސް ހަސަން ހަރީރީ ހުންނެވީ ބައްޝާރުގެ އަނިޔާޥެރިކަމާއި ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތަކަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ދެއްވުމަށެވެ.

2011 ވަނަ އަހަރު ބައްޝާރުގެ ވެރިކަމާއި ދެކޮޅަށް ފެށުނު ހަރަކާތްތަކާއެކު ޑރ ހަސަން ހަރީރީގެ ޚިދުމަތް ބައްޝާރާއި ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތަކަށް ދިޔައީ ލިބެމުންނެވެ. 2014 ވަނަ އަހަރު ބައްޝާރުގެ ލަޝްކަރުތަކުން ހަސަން ހަރީރީގެ ގެއަށް ދިން ވައިގެ ހަމަލާއެއްގައި ހަސަން ހަރީރީގެ ހަތް ކުދިންގެ ތެރެއިން ފަސް ކުއްޖަކުވެސްވަނީ ނިޔާވެފައެވެ.

ޑރ ހަސަން ހަރީރީގެ މަރާއި ގުޅިގެން ބައްޝާރާއި އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނުގައިވަނީ ޑރ ހަސަން ހަރީރީ ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއި އެކުގައި ކަމަށާއި ޑރ ހަސަން ހަރީރީއަކީ ސޫރިޔާގައި ފެށުނު އިންޤިލާބީ ހަރަކާތް ފެށެނީއްސުރެ އެހަރަކާތައް އެހީތެރިކަން ފޯރު ކޮށްދެމުންދިޔަ ފަރާތެއް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.