ސަޢުދީ ސަރުކާރުން މިއަހަރުގެ ޙައްޖުވެރިންގެ ތަފާސްހިސާބު ނެރެފިއެވެ.
2.5 މިލިޔަން މީހުން މިފަހަރު ޙައްޖަގެ މާތް އަޅުކަމުގައި ބައިވެރިވެފައިވެއެވެ. އެގެތެރެއިން 1.8 މިލިޔަން މީހުންނަކީ ސަޢުދީ ނޫން ޤައުމުތަކުންގެ މީހުންނެވެ. ސަޢުދީން އެކަނިވެސް 700،000 – 800.000 މީހުން ބައިވެރިވިއެވެ. ކޮންމެ ޤައުމަކުން 1000 ޙައްޖުވެރިންނަށް ބައިވެރިވެފައިވާ އިރު އިންޑޮނޭޝިޔާއިން 2000 ޙައްޖުވެރިން ބައިވެރިވެފައިވެއެވެ.
ސަޢުދީ ސަރުކާރުން ސެކުރިޓީންގެ ގޮތުގައި 63،000 ފައުޖީ ނެރެފައިވާއިރު އޭގެ ތެރެއިން 3500 ފުލުހުން ވަނީ އަމަން ބެލެހެއްޓުމަށްޓަކައި އަދި 450 ފުލުހުން އަސްކަރީ ވެހިކަލް ތަކުގައި ނެރެފައިވެއެވެ. 22،000 ފުލުހުން ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކިން ބެލެއްޓުމަށް ނެރެފައިވެއެވެ. އަދި 6000 ވެހިކަލް މިކަންކަމަށް ބޭނުން ކުރެވިފައިވާ ކަމުގައި ސަޢުދީ ސަރުކާރުން ހާމަކުރެއެވެ.
1500 ސީސީ ޓީވީ ކެމެރާތަށް އިންސްޓޯލް ކުރެވިފައިވާކަމަށާއި އަދި މާތް ވެގެން ވާ ޙަރަމްފުޅު ވަށައިގެން 29 ޕޮލިސް ސްޓޭޝަންތަކުގައި 24 ގަޑި އިރު ހުޅުވައިގެން ޙިދްމަތް ދެމުން ދިޔައެވެ. އެމެޖެންސީ ހާލަތްތަކާއި ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި 20،000 މީހުން ސިއްޙީ ދައިރާއިން ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ. ސަލާމަތީ 5 ހެލިކޮޕްޓަރ ޙައްޖުވެރިންގެ ޙިދްމަތުގައި ވައިގެ ތެރޭގައި ބުރުއަޅަމުން ދެއެވެ. ޙައްޖުވެރިން އެހީތެރިވުމުގެ ގޮތުން " މުޡާއިފް" ޖަމާޢަތުގެ ފަރާތުން 12،000 އަންހެނުންނާއި ފިރިހެނުން ނެރެފައިވެއެވެ.
މައްކާގެ މާތް ޙަރަމްފުޅު ސަރަޙައްދުގައި 368،000 އަކަފޫޓް ހުރެއެވެ. އަދި މިއީ 1.5 މިލިޔަން މީހުންނަށް ޙައްޖުގެ މާތް އަޅުކަން އަދާ ކުރެވޭ ވަރުގެ ސަރަޙައްދެކެވެ.ގެފުޅުގެ ދޮރު ކޮޅު ހެދިފައި ވަނީ 280 ކިލޯ ރަނުންނެވެ. އެއީ 616 ޕައުންޑެވެ. އަދި ގެފުޅުގެ އުރަކޮޅު (ކިސްވާ) އަކީ ކޮންމެ އަހަރަކުވެސް ޙައްޖު މޫސުމަށް އާ ކުރެވޭ އުރަކޮޅެކެވެ. މި އުރަކޮޅު ހެދިފައި ވަނީ 130 ކިލޯ ރަނާއި ރިހީގެ ރޮދިން ޤުރުއާންގެ އާޔަތްތަކުން ފަރުމާކުރެވިގެންނެވެ.

















ޚިޔާލު