
32 މިލިއަނަށްވުރެ ގިނަ މުސްހަފު ޙައްޖުވެރިންނަށް ބަހައިފި އެވެ.
ސައުދީގެ ޙައްޖު މިނިސްޓްރީގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކީރިތި ޤުރުއާނުގެ މުސްހަފާއި ޤުރުއާނުގެ އެކި ބަސްބަހުން ނެރެފައިވާ ތަރުޖަމާ ހިލޭ ބަހާފައިވާކަމަށެވެ. ވައިގެ މަގުންނާއި ކަނޑުގެ މަގުންނާއި ފައިގެ މަގުން އަންނަ ޙައްޖުވެރިންގެ ދޮރާށިތަކުން މިމަސައްކަތް ކުރަމުން ދާކަމަށާއި މިކަންތައް ޙައްޖު މޫސުން ނިމެންދެން ކުރިއަށް ދާނެކަމަށެވެ.
ކޮމެޕްލެކްސް ސެކެޓްރީ ޖެނެރަލް ޑރ މުހައްމަދު ސާލިމް ނެރެފައިވާ ސްޓޭޓްމެންޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ޙައްޖު މޫސުމުގައި ޙައްޖުވެރިންނަށް 1934425 ޤުރުއާންގެ ކޮޕީ ބަހާފައިވާކަމަށެވެ.
















ޚިޔާލު