އަރަބިދުނިޔެދިއިސްލާމް

ޙައްޖުވެރިންގެ ތެރޭގައި ސިއްޙީ މައްސަލައެއް ނެތް: ސައުދީގެ ހެލްތު މިނިސްޓާރ

ސިއްޙީ އޮފިޝަލުން

 

ސިއްޙީ އޮފިޝަލުން

 

ޙައްޖުވެރިންގެ ތެރޭގައި ސިއްޙީ މައްސަލައެއް ނެތް ކަމަށް ސައުދީގެ ހެލްތު މިނިސްޓާރ ވިދާޅުވެއްޖެއެވެ.

ހެލްމިނިސްޓާރ ޑރ އަބްދުﷲ އަލް ރަބީޢަ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައިވަނި މިޙައްޖު މޫސުމުގައި ސިއްޙީ ގޮތުން އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި ޙައްޖުވެރިންނަށް އެހީވުމުގައި ސައުދީއިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ ޙައްޖުވެރިންގެ ކަންކަން ބެލުމަށްޓަކައި 20 ހާސް މީހުން އެކި ދާއިރާތަކުން ހަރަކާތްތެރިވާއިރު ގިނަ އަދަދެއްގެ ސިއްޙީ އެހީތެރިންވެސް ހަރަކާތްތެރިވަމުންދާނޭކަމަށެވެ. ސިއްޙީ ކަންކަން ބެލުމުގެ ގޮތުން މައްކާއަށް ވަދެވޭ 14 ދޮރަކުން ސިއްޙީ ގޮތުން ހުރިހާ އެންމެންވެސް މޮނިޓާރ ކުރެވެމުންދާކަމަށާއި އޭގެ ސަބަބުން ގައިންގަޔަށް އަރައި ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރެވިގެންދާނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

ޙައްޖުވެރިންގެ މެދުގައި ދުޅަހެޔޮކޮން ބޭއްވުމުގެ ގޮތުން ސައުދީގައި ދަނީ ޙައްޖުވެރިންނަށް އެކި ބަލިތަކަށް ހާއްސަ ވެކްސިންގ ޖެހުމަށް ބާރުއަޅަމުންނެވެ. އެގޮތުން ރީނދޫ ހުމާއި ޕޯލިޔޯ ފަދަ ބަލިތަކަށް ވެކްސިންގ ދިނުމުގެ ހާއްސަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. މައްކާއަށް ވަނުމުގެ 10 ދުވަސް ކުރިން އެޤައުމުތަކުގެ ޙައްޖު މިޝަންތަކާއި ގުޅިގެން މިހަރާކްތައް މިއަހަރުވެސް ވަނީ ހިންގާފައެވެ.

ޙައްޖުވެރިންނަށް ސިއްޙީ ހިދުމަތް ދިނުމުގެ ގޮތުން 80 ސެންޓަރު އަޅާފައިވާއިރު 28 ސެންޓަރު ވަނީ މަދީނާ ގައި ޤާއިމުކޮށްފައެވެ. 46 ސެންޓަރު އަރަފާތުގައި ހަދާފައިވާއިރު 6 ސެންޓަރު ވަނީ މުޒްދަލިފާގައި ޤާއިމްވެފައެވެ. މީގެ އިތުރުން އަރަފާތުގައި 3 ހޮސްޕިޓަލެއް އަޅާފައިވާއިރު 4 ހޮސްޕިޓަލު މަދީނާގައި ވަނީ ޙައްޖުވެރިންނަށް ހާއްސަކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *