އަރަބިދުނިޔެދިއިސްލާމް

ހައްޖު ކުރުމުގެ ޤަސްދުގައި 2 ލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް މަދީނާއަށް އަތުވެއްޖެ

މަސްޖިދުލް ނަބަވީގައި ހައްޖަށް އައިސްތިބި ބަޔަކު މިއަދު ނަމާދު ކުރަނީ. ފޮޓޯ ދިއިސްލާމް: ސައުދީއިން އަބްދުލް ހާދީ

މަސްޖިދުލް ނަބަވީގައި ހައްޖަށް އައިސްތިބި ބަޔަކު މިއަދު ނަމާދު ކުރަނީ. ފޮޓޯ ދިއިސްލާމް: ސައުދީއިން އަބްދުލް ހާދީ

ހައްޖު ކުރުމުގެ ޤަސްދުގައި 2 ލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް މަދީނާ އަށް އަތުވެއްޖެ ކަމަށް ޙައްޖު ކޮމެޓީއިން ހާމަކޮށްފިއެވެ.

 

ސައުދީގެ ހައްޖު ކޮމިޓީއިން ނެރެފައިވާ ރިޕޯޓެއްގައިވާގޮތުގައި "237496 ހައްޖުވެރިން މަދީނާއަށް އައިސްފައިވާކަމަށާއި އޭގެ ތެރެއިން 41168 މަދީނާއިން ފުރާފައިވާއިރު 196317 ހައްޖުވެރިން އަދިވެސް މަދީނާގައި އެބަތިބި'ކަމަށެވެ. ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރުވެސް އެތައް ބަޔަކު ޒިޔާރަތް ކުރާއިރު އެންމެ ގިނައިން މިހާތަނަށް ސައުދީއަށް އައިސްފައިވާ ޤައުމަކީ އިންޑޮނޭޝިޔާގެ ހައްޖުވެރިންނެވެ. އެއީ 50018 މީހުންނެވެ.

 

ދުނިޔޭގެ އެކި ކަންކޮޅުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ޖަމާވަމުން ދާއިރު ރާއްޖެއިންވެސް ވަނީ ގިނަ އަދަދެއްގެ މީހުން ހައްޖުވުމަށްޓަކައި ސައުދީއަށް ގޮސްފައެވެ.

 

ލައިވް ބްލޮގް: ހައްޖު 1432 (މައްކާއިން)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *