މިސްރުގެ ވެރިކަން ވެއްޓުމަށްފަހު ދެން އެންމެ އަވަހަށް ވެއްޓޭނީ އަފްގާނިސްތާނުގެ ވެރިކަންކަމަށް ޠާލިބާނުން ހާމަކޮށްފިއެވެ. ޠާލިބާނުން މިހެން ހާމަކޮށްފައިވަނީ، އެމީހުންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައެވެ.
ތާލިބާނުން އެމީހުންގެ ވެބްސައިޓްގައި ބުނާ ގޮތުން މުބާރަކްގެ ވެރިކަން ނިމިގެންދިޔަގޮތް ރަމްޒުކޮށްދެނީ ހަތިޔާރާއި އަޝްކަރީގޮތުން ކިތަންމެ ކުރިއަރާ ތަހުޒީބުވެފައިވީކަމުގައިވިޔަސް ރައްޔިތުންގެ އުއްމީދާއި އަޒުމް އަދި ރައްޔިތުންގެ ހާލުގެ ދުލުން ޤައުމަށްޓަކައި ކުރާއުއްމީދުތައް ފުޑުފުޑުކޮށްލުމަކީ ވަރަށްވެސް ދުރުގައިވާކަމެއްކަމެވެ.
ޚަބަރުތައް ބުނާގޮތުން އަފްޤާނިސްތާނުގައިވާ، ޙާމިދް ކަރްޒާއީގެ ވެރިކަން ނިމުމަކަށް ގެންނަން އެ ޤައުމުގެ ރައްޔިތުންބޭނުންވަނީ އެ ޤައުމުގައިއޮތް ޚުދުމުޚްތާރުވެރިކަން ނިމުމަކަށްގެނައުމަށެވެ. އަދި ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި އެމެރިކާގެ އަޝްކަރިއްޔާއިން އެ ޤައުމުގައި ހިންގައިފައިވާ އިންސާނިއްޔަތާ ހިލާފު އެތަކެއް ޖަރީމާތަކުގެ ސަބަބުންނެވެ.
ތާލިބާނުން ބުނާ ގޮތުގައި، މިސްރުގެ ސަރުކާރަށް އެންމެ ފަހުވަގުތު އެމެރިކާއިންވެސް ނޫނެކޭ ބުނި ފަދައިން، އަފްޤާންގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުމެއްޖެނަމަ ކަރުޒާއީއާ ދެކޮޅަށްވެސް އެމެރިކާއިން ތެދުވާނެއެވެ. އަރަބި ދުނިޔޭގައި ހިންގަމުންދާ ސިޔާސީ ހަމަ ނުޖެހުންގަނޑުގެ ތެރޭ މިއަހަރު މިހާތަނަށް ތިން ޤައުމެއްގެ ވެރިކަން ވަނީ ވަށްޓާލައިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...