ކޮލަމިސްޓް އެވެސް ގޯސް މިވެސް ގޯސް ހުސް ގޯސް ގޯހުން ގޯސް!

އެވެސް ގޯސް މިވެސް ގޯސް ހުސް ގޯސް ގޯހުން ގޯސް!

އެވެސް ގޯސް މިވެސް ގޯސް ހުސް ގޯސް ގޯހުން ގޯސް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ އެންމެންގެ ލޯތައް މިހާރު އަމާޒުވެފައިވާ އެއް ކަމަކީ މެދުއިރުމަތީގައި ބާރުގަދަ ކޮށްގެން އުޅޭ ހަނގުރާމަވެރި ޖަމާޢަތް އިސްލާމިކް ސްޓޭޓް އައިއެސްއިން ކާފަރުންގެ ލަޝްކަރާއި އެކު ހަނގުރާމަ ކުރަމުން ގެންދިޔަ ހަނގުރާމަވެރިއަކު ހައްޔަރުކޮށް ދިރިހުއްޓާ އަންދާލުމާއި ގުޅިގެން އެ މައްސަލައަށެވެ. މިކަމާއި ގުޅިގެން މުޅި ދުނިޔެއިން މިޢަމަލު ކުއްވެރި ކުރަމުން ގެންދާއިރު، ކާފަރުންގެ ލަޝްކަރު ތަކާއި ގުޅިގެން ތަނެއް ދޮރެއް ނުބަލައި މުސްލިމުންގެ ބޮލަށް ކެނޑިނޭޅި ބޮންއަޅަމުން ގެންދާ ޓެރަރިސްޓުންގެ ޢަމަލުތައް އެެއްވެސް ބަޔަކު ކުއްވެރި ކުރާތަން ނުފެނުމަކީ ޙައިރާންވާން ޖެހޭ ކަމެކެވެ. އެހެނީ އެވެސް ގޯހެވެ! މިވެސް ގޯހެވެ!

ގިނަ ބަޔަކު ބުނާގޮތުން އައިއެސްފަދަ އަނިޔާވެރި ހަނގުރާމަވެރި ޖަމާޢަތެއް މެދުއިރުމަތީގައި ފައިހަރު ކޮށްލާފައި ވަނީ އެމެރިކާ އާއި ގުޅިގެން ޢަރަބި ބައެއް ޤައުމު ތަކުގެ ސަރުކާރު ތަކުން އަނިޔާވެރިކަން އިސްކޮށްފައި ވުމުންނެވެ. އެހެން ކަމުން މައްސަލަ އެއް ޙައްލު ކުރަން ވަކިހިއްޕާލާނަމަ ކަމުގެ އަސްލު ދެނެގަނެ އެކަން އެންމެ ފުރަތަމަ ޙައްލު ކުރުމުން ނޫނީ އެމައްސަލަ މުޅިން ޙައްލެއް ނުކުރެވޭނެއެވެ. މީގެ ހެކި ދުނިޔޭގެ ކޮންމެ ދިމާ އަކަށް ބަލާލިޔަސް ފެންނާން ހުންނާނެއެވެ. ދުނިޔޭގައި އުފެދުނު ކޮންމެ ހަމަނުޖެހުމަކާއި އަނިޔާވެރި ކަމެއްގެ މުގުލުގައި އޮންނާނީ އެމެރިކާއާއި އިނގިރޭސީންނެވެ. ނުވަތަ އެކަމެއް އުފެދިފައި ހުންނާނީ މިދެބައި ކުރެ އެއްބައެއްގެ އަނިޔާވެރިކަމުންނެވެ. އެހެން ކަމުން ފުރަތަމަ ކުރާން ޖެހޭ ކަމަކީ ކަމުގެ މަސްދަރު ޙައްލު ކުރުމެވެ. އެކަން ޙައްލު ކޮށްގެން ނޫނީ ދެންހުރި މައްސަލަތައް ޙައްލެއް ނުކުރެވޭނެ އެވެ. އަދި ގޯހަކުން ގޯހެއް ރަނގަޅެއްވެސް ނުކުރެވޭނެ އެވެ.

ދިވެހި ޒުވާނުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދުވެސް ހޯދަމުން އަންނަ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާޢަތާއި މެދު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އަންނައިރު، އިސްލާމީ ބޮޑެތި ޢިލްމުވެރިން މިމީހުންނާއި ނުޤަބޫލުވެގެން އުޅޭ ސަބަބެއްވެސް ދެނެގަންނާން ޖެހެއެވެ. ބައެއް ޢިލްމުވެރި ދެކެވަޑައިގަންނަވާ ގޮތުން އައިއެސްގެ އަސްލުވެސް މުޅިން ސާފެއް ނޫނެވެ. އެމީހުންގެ ޢަމަލު ތަކަށް ބަލާއިރު އެމީހުންގެ ބައެއް ޢަމަލު ތަކުގައި ކާފަރު ލަޝްކަރު ތަކުގެ އުކުޅުތައް ހިމެނިފައި ވުމަކީ އެމީހުންނަކީ ކާފަރުންގެ އުފެއްދުމަކަށް ވެދާނެ ކަމެއްގެ ގޮތުގައި ބައެއް ޢިލްމުވެރިން ދެކެލައްވައެވެ. އެގޮތުން ކަފަރުންގެ ލަޝްކަރު ތަކަށް އޮޅިގެން އައިއެސްއަށް މިހާތަނަށް ހިލޭ ފޯރުކޮށްދެވުނު ހަތިޔާރުވެސް ގިނައެވެ. އެހެން ކަމުން މިމީހުންގެ އަސްލު ނުވަތަ ފެށުން ގޯސްވެފައި ވާނަމަ ދުވަހަކުވެސް އެކަން އެއީ ރަނގަޅު ކަމަކަށް ނުވާނެއެވެ. އަބަދުވެސް ގޯސް ވާނީ ގޯހަށެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުން އައިއެސްއިން ހިންގާ ބައެއް ޢަމަލު ތަކަކީ އިސްލާމީ ޝަރީޢަތާއި މުސްލިމުންގެ ރިވެތި އަޚުލާޤާއި ފުށުއަރާ ކަންކަމެވެ. އެމީހުންގެ ހަރުކަށި ޢަމަލުތަކަކީ އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه و سلم ދެއްކެވި ނަމުނާ އާއި ފުށުއަރާ ކަންކަމެވެ. އެހެނީ އެކަލޭގެފާނަށް ފުރިހަމަ އާރާއި ބާރު ލިބިވަޑައިގަތުމުން މައްކާ ފަތަޙައް ކުރައްވައި އެދުވަހު އެކަލޭގެފާނު ކުރިމަތިލެއްވީ ދުނިޔެމަތީގައި އެވަގުތު ތިބި އެންމެ ބޮޑެތި އަނިޔާވެރިންނާއި އެވެ. އެހެނަސް އެމީހުންނަށް މަޢާފު ކުރައްވައިގެން އެމީހުންގެ ހިތްތައް އެކަލޭގެފާނު ވަނީ ފަތަޙަ ކުރައްވައި އެމީހުންގެ ތެރެއިން ގިނަބަޔަކު އިސްލާމް ކުރައްވާފައެވެ. މިއަދު އަހަރެމެން މުސްލިމުންވެސް ހިފަން ޖެހެނީ މި ނަމޫނާ ގައެވެ. އެހެނީ ގޯހަކުން ރަނގަޅެއް އުފަން ނުވާނެއެވެ. ގޯހަކުން ނުކުންނާނީ ވެސް ގޯހެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.