ވިޔަފާރި ސައުދީގެ އެންމެބޮޑު އެއަރލައިންގެ ފްލައިޓްތަކުގައި ދެޖިންސް މަސްހުނިނުވާ ގޮތަށް ހަދަނީ

ސައުދީގެ އެންމެބޮޑު އެއަރލައިންގެ ފްލައިޓްތަކުގައި ދެޖިންސް މަސްހުނިނުވާ ގޮތަށް ހަދަނީ

ސައުދީގެ އެންމެބޮޑު އެއަރލައިންގެ ފްލައިޓްތަކުގައި ދެޖިންސް މަސްހުނިނުވާ ގޮތަށް ހަދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދީ ޢަރަބިޔާ ގެ ޤައުމީ އެއަރލައިން، ސައުދިއާ ގެ ފްލައިޓްތަކުގައި ދަތުރުކުރާއިރު، ދެޖިންސް ގެ މީހުން މަސްހުނި ނުވާގޮތަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމައިިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ، ދަތުރުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއެކު އެފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ. އެގޮތުން ޢާންމު ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާގެ ތެރޭގައި، އަނބިމީހާގެ ސީޓާއި ޖެހިގެން ހިލޭ ފިރިހެނަކު އިންނަން ޖެހުމާއި އަދި ބައެއްފަހަރު ޢާއިލާގެ އެހެން އަންހެން ކަނބަލުންގެ ސީޓާއި ޖެހިގެން ހިލޭފިރިހެނުން ސީޓްގައި ތިބެންޖެހޭ ޖެހުން ހިމެނެއެވެ.

"ފަސިންޖަރުންގެ އެ ޝަކުވާތަކަށް މިހާރު ހައްލެއް ލިބިފައި މިވަނީ... އެ ގޮތުން ވަރަށް އަވަހަށް ފަސިންޖަރުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ ޤަވައިދެއް ހެދިގެން ދާނެ" ސައުދިއާގެ އެސިސްޓެންޓް މާކެޓިން މެނޭޖަރ އަބްދުއްރަޙްމާން އަލް ފަހްދު "އަޖެލް" ނޫހަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.