ވާހަކަ ވާހަކަ: ބައްޕާ! އަހަންނަށް 10 ރުފިޔާ ލިބިދާނެތަ؟

ވާހަކަ: ބައްޕާ! އަހަންނަށް 10 ރުފިޔާ ލިބިދާނެތަ؟

ވާހަކަ: ބައްޕާ! އަހަންނަށް 10 ރުފިޔާ ލިބިދާނެތަ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވަރަށްބުރަކޮށް މަސައްކަތްކުރާ މީހަކު ދުވަހުގެ މަސައްކަތްތައް ނިންމާލުމަށްފަހު އޭނާގެ ގެއަށް އައިވަގުތެވެ. އޭނާގެ ހުރީ ވަރަށްބޮޑަށް ވަރުބެލިވެސް ވެފައެވެ.

އެނާގެ ފަސް އަހަރުގެ ފިރިހެންދަރި ގޭގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރީ ބައްޕަގެ އިންތިޒާރުގައެވެ. އެކުއްޖާގެ ބައްޕަގާތު ސުވާލެއް ކުރިއެވެ.

"ބައްޕަގާތު އަހަރެން ސުވާލެއް އަހާލަންތަ؟"

ބައްޕަ ޖަވާބުދިނެވެ. "އާނ... ކޮން ސުވާލެއް؟"

"ބައްޕަ ތިކުރާ މަސައްކަތުން ގަޑިއިރަކަށް ލިބެނީ ކިތައް ރުފިޔާ؟"

ބައްޕަ ހިތްހަމަނުޖެހުމާއެކު ރުޅިވެސް އައެވެ. އަދި ބުންޏެވެ. "އެއީ ދަރިފުޅު ބަލަންޖެހޭ ކަންކަމެއް ނޫނެވެ."

އެ ކުއްޖާ އާދޭހުގެ ރާގުގައި އަނެއްކާވެސް ހަމަ އެ ސުވާލު ތަކުރާރު ކުރިއެވެ.

ހިތްހަމަނުޖެހި ހުރެ ނަމަވެސް އޭނާގެ ދަރިފުޅުގެ އެ ސުވާލަށް ޖަވާބުދިނެވެ."ބައްޕައަށް ގަޑިއިރަކަށް ލިބެނީ 20 ރުފިޔާ"

ދެން އެކުއްޖާ އަނެއްކާވެސް ސުވާލު ކުރިއެވެ. "އެހެންވިއްޔާ އަޅުގަނޑަށް 10 ރުފިޔާ ލިބިދާނެތޯ"

ބައްޕަގެ ރުޅި ގަދަވިއެވެ. އަދި ބުންޏެވެ. "10 ރުފިޔާއަކީ ކިޔާ މުހިއްމު އެއްޗެއްކަން ނޭނގޭ އިރު މެޓަޔާ ކުޅޭ ސާމާނު ގަންނަން 10 ރުފިޔާ އެއް ނުލިބޭނެ"

ބައްޕަގެ އެ ޖަވާބުން ލިބުނު މޮޅިވެރިކަމުގައި ހަމަހިމޭންކަމާއެކު އެކުއްޖާ ގޮސް ކޮޓަރިއަށް ވަނެވެ. އަދި ކޮޓަރީގެ ދޮރު ލެއްޕިއެވެ.

ބައްޕަ ކުޑައިރުކޮޅަކު ވިސްނަން އިނުމަށްފަހު އެ ކުއްޖާގެ ކޮޓޮރިއާ ދިމާލަށް ދިޔައެވެ. އަދި ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފުމަށްފަހު ދަރިފުޅު ނިދީތޯ ސުވާލު ކުރިއެވެ. އަދި ކޮޓަރިއަ ބައްޕަ ވަނުމުން އެކުއްޖާ ބުންޏެވެ.

"ނޫން... ނުނިދަން" ދަރިފުޅު ޖަވާބު ދިނުމުން ބައްޕަ ބުންޏެވެ..."ބައްޕައަށް މާ އަވަހަށް ރުޅި އާދެވުނީއެވެ...އާނ މިއޮތީ 10 ރުފިޔާ..."

އެކުއްޖާ އުފަލުން ބައްޕައަށް ޝުކުރުއަދާ ކުރަމުން އެ 10 ރުފިޔާގައި ހިފިއެވެ. އަދި ބާލީސްދަށުން އިތުރު ރުފިޔާތަކެއްވެސް ނައިގައި އޭގެ ތެރެއަށް އެ ދިހަ ރުފިޔާ ލުމަށްފަހު ގުނަން ފެށިއެވެ.

ބައްޕަ ގާތަށް އަނެއްކާވެސް ރުޅިއައެވެ. އަދި ބުންޏެވެ. "އަތުގައި ލާރިހުއްޓަައި ބައްޕަ އަތުން 10 ރުފިޔާ އަތުލީ ކީއްވެގެން ހެއްޔެވެ؟

ޖަވާބުގައި އެ ކުއްޖާ ބުންޏެވެ. "އަހަރެން އަތުގައި ކުރިން އެކި ފަހަރުމަތިން އެއްކޮށްފައި 10 ރުފިޔާ ހުއްޓެވެ. ދެން އިތުރު 10 ރުފިޔާ ހޯދީ ބައްޕަގެ ތި އަގުހުރި ވަގުތު ތަކުގެ ތެރެއިން އެއް ގަޑިއިރު އަހަރެން ގަންނަން ވެގެންވެ.

ބައްޕައަށް ބޭ އިޚްތިޔާރުގައި ރޮވުނެއެވެ. އަދި ދަރިފުޅުގެ ގައިގާ ބައްދާލިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.