އަރަބިދުނިޔެ މުބާރަކް އިސްތިއުފާ ދޭން ދެކޮޅު ހަދައިފި

މުބާރަކް އިސްތިއުފާ ދޭން ދެކޮޅު ހަދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތަހުރީރު މައިދާނަށް އެތައް މިލިޔަން މީހުން ޖަމާވެފައި

މުބާރަކް އިސްތިއުފާ ދޭން ދެކޮޅު ހަދައިފިއެވެ.

ދުނިޔޭގެ ކަންކޮޅުތަޅުގައި މުބާރަކު އިސްތިއުފާ ދޭން އުޅޭ ކަމުގެ ހަބަރެއް ފެތުރިފައިވަނިކޮން މުބާރަކު ޓީވީ މެދުވެރިކޮށް ދިން ތަގުރީރުގައި އޭނާ އިސްތިއުފާ ދޭން ވަނީ ދެކޮޅުހަދާފައެވެ. މުބާރަކު ބުނެފައިވާގޮތުގައި 'ބޭރުގެ ޕްރެޝަރުގެ ސަބަބުން' އިސްތިއުފާ ނުދޭނެކަމަށެވެ. އެތައް މިލިޔަން މީހުން މިސްރުގެ ތަހްރީރު މައިދާނަށް އެއްވެފައިވަނިކޮން މުބާރަކު ދީފައިވާ މިހިތާބުގެ ސަބަބުން އެއްވެފައިވާ މީހުންވަނީ ނުރުހުން ފާޅުކޮށްފައެވެ. އެވަގުތު އެންމެން އެއް އަޑަކުން 'ގެޓް އައުޓް ގެޓް އައުޓް' އޭ ގޮވަމުން ދިޔައެވެ.

މުބާރަކް އާއި ދެކޮޅަށް ފަށާފައިވާ މުޒާހަރާތަކުގެ ސަބަބުން މުބާރަކު ކުރިން ވަނީ އަންނަ ދައުރަކަށް ކުރިމަތި ނުލާނެކަމަށް ބުނެފައެވެ. އަނެއްކާ މިރޭގެ ހިތާބުގައި ސެޕްޓެމްބަރ މަހާއި ހަމައަށް ވެރިކަމުގައި ހުންނާނެކަމަށް ބުނެ ވެރިކަމުގައިދަނީ ބަގުޑި ބައްދަމުންނެވެ.

މިއަދު ހަވީރުން ފެށިގެން 'މުބާރަކު އިސްތިއުފާ ދޭން' އުޅޭ ކަމުގެ ހަބަރު މީޑިއާގައި ފެތުރިފައިވާތީ މިސްރުގެ ގިނަ ބަޔަކު ވަނީ ތަހްރީރް މައިދާނަށް ޖަމާވެފައެވެ. ކުރިންވެސް އެތަނުގައި އެތައް ބަޔަކު ހަރަކާތްތެރިވެފައިވެއެވެ. ތަހުރީރު މައިދާނުގައި މުބާރަކު އިސްތިއުފާގެ ހަބަރު ލިބުމާއި ގުޅިގެން އުފާ ފާޅުކުރުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެނަސް މުބާރަކުގެ ބަހެއްގައި ތިއްބާ އިވިގެން މިދިޔައީ މިސްރުގެ ރައްޔިތުންނަށް އިތުރު ރުޅިވެރިކަން ލިބިގެންދިޔަ ހަބަރެކެވެ.

ހުކުރު ނަމާދަށްފަހު މިސްރުގައި 'ވަރުގަދަ' މުޒާހަރާއެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓެގް

މިސްރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.