ދުނިޔެ ޒަޔަނިސްޓުން ޝަހީދުކޮށްލި މާބަނޑު މީހާގެ ބަނޑުން ނެގި ކުއްޖާ ނިޔާވެއްޖެ

ޒަޔަނިސްޓުން ޝަހީދުކޮށްލި މާބަނޑު މީހާގެ ބަނޑުން ނެގި ކުއްޖާ ނިޔާވެއްޖެ

ޒަޔަނިސްޓުން ޝަހީދުކޮށްލި މާބަނޑު މީހާގެ ބަނޑުން ނެގި ކުއްޖާ ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔަހޫދީ ޒަޔަނިސްޓު ލަޝްކަރުތަކުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ އުދުވާންތަކުގައި ޝަހީދުވި މާބަނޑު މީހާގެ ބަނޑުން ނެގި ކުއްޖާ ނިޔާވެއްޖެ އެވެ.

އިމަޖެންސީ ސިޒޭރިއަންއެއް ހެދުމަށް ފަހު، ޝަހީދުވެފައިވާ މަންމަގެ ބަނޑުން ސަލާމަތްކުރި އެ ކުއްޖާ ނިޔާވެފައިވަނީ، އިންކިއުބޭޓަރެއްގެ އެހީގައި ފަސް ދުވަހު އޮތުމަށްފަހު އެ އިންކިއުބޭޓަރުގެ ކަރަންޓް ދިއުމުން ކަމަށް މީޑިއާ ރިޕޯރޓްތައް ބުނެއެވެ.

މީޑިއާ ރިޕޯރޓްތައް ހާމަކުރާ ގޮތުގައި އިންކިއުބޭޓަރުގެ ކަރަންޓް ކެޑިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ކަރަންޓު ދިނުމަށް ހުރި ހަމައެކަނި އިންޖީނުގެއަށް ހައްދުފަހަނަ އަޅާފައިވާ ޒަޔަނިސްޓް ލަޝްކަރުން ވައިގެ މަގުން ބޮން އަޅައި، އެތަން ހަލާކުކޮށްލުމުން އެކުއްޖާ އޮތް ހޮސްޕިޓަލަށް ކަރަންޓް ނުލިބިގެން ކަމަށެވެ.

ޔަހޫދީ ޒަޔަނިސްޓު ލަޝްކަރުތަކުން ޣައްޒާއަށް ދެމުންދާ އުދުވާންތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވަނީ ޝަހީދުކޮށްލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.