އަރަބިދުނިޔެ އޮބާމާ ދިން ރޯދަ ވިއްލުން އެމެރިކާގެ ގިނަ މުސްލިމުން ބޮއިކޮޓް ކޮށްފި

އޮބާމާ ދިން ރޯދަ ވިއްލުން އެމެރިކާގެ ގިނަ މުސްލިމުން ބޮއިކޮޓް ކޮށްފި

އޮބާމާ ދިން ރޯދަ ވިއްލުން އެމެރިކާގެ ގިނަ މުސްލިމުން ބޮއިކޮޓް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޮބާމާ ދިން ރޯދަ ވިއްލުން އެމެރިކާގެ ގިނަ މުސްލިމުން ބޮއިކޮޓް ކޮށްފިއެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކޮންމެ އަހަރަކު ބާއްވާ ރޯދަ ވިއްލުން ދައުވަތު ދިން ފަރާތްތަކުން ބޮއިކޮޓް ކޮށްފައިވަނީ އެމެރިކާއިން މުސްލިމުންނާއި މެދު އަމަލު ބަހައްޓާ ނާއިންސާފްވެރިކަމަށް ދެކޮޅު ހެދުމުގެ ގޮތުންނެވެ. ހާއްސަކޮށް ފަލަސްތީނުގެ މައްސަލާގައި އެމެރިކާއިން ކަންކުރާ އުސޫލަށް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެމެރިކާގެ މުސްލިމުންނަށް ޖާސޫސްކޮށް ހަދާތީ އެކަންވެސް ފާހަގަކޮށްފައިވެއެވެ.

ބައިކޮޓް ކުރި ގިނަ ފަރާތްތަކުން ރޯދަ ވިއްލުމަށް ނުދިއުމަށް ކުރިޔާލާ ވަނީ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން އެރޯދަ ވިއްލުމަށް ނުދާންވީ ސަބަބުތައް ބަޔާންކޮށް ސިޓީއެއްވެސް ވަނީ އާންމުކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މިރޯދަ ވިއްލުމުގައި ވާހަކަ ދައްކަމުން އޮބާމާ ވަނީ އިޒްރޭލްގެ ޢުދުވާންތައް ދިފާއުކޮށް ވާހަކަ ދައްކާފައެވެ. އެކަމުގެ ސަބަބުން ރޯދަ ވިއްލުމުގައި ބައިވެރިވި ބައެއް މުސްލިމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ވައިޓްހައުސްގައި ރޯދަ ވިއްލުން ބޮއިކޮޓް ކޮށްފައިވާއިރު އެތަނުގެ ބޭރުގައި މުސްލިމުންވަނީ އެމެރިކާގެ ސަރުކާރުން މުސްލިމުންނަށް ތަފާތު ކުރާ ކަމަށްބުނެ މުޒާހަރާކޮށްފައެވެ.

މީގެ ކުރީގެ ރޯދަ މަސްތަކުގައިވެސް ވައިޓްހައުސްގައި ބާއްވާ މިހާއްސަ ރޯދަ ވިއްލުމަށް މުސްލިމް ޖަމާއަތްތަކުގެ އިސްވެރިންނާއި އެމެރިކާގައި ފާހަގަކޮށްލެވޭ މުސްލިމުން ބައިވެރިވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.