ރިޕޯޓް މާލޭގައި ލާރި ވަޅެއް؟

މާލޭގައި ލާރި ވަޅެއް؟

މާލޭގައި ލާރި ވަޅެއް؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގައި ހުރި އެންމެ ދުވަސްވީ އަދި އެންމެ ޤަދީމީ އެއް ބިނާކަމުގައިވާ މާލޭ ހުކުރު މިސްކިތުގެ ދެކުނު ފަރާތުގައި ހިރިގަލުން ހަދާފައިހުރި ވުޟޫކުރާ ހަތަރެސްކަނު ވަޅުގެ ފޫ ފޮރުވުމަކާ ކައިރިއަށް މީގެ ދުވަސް ކޮޅެއް ކުރިން އެވަޅުގައި ރިހިކުލައާއި ލޮައިކުލާގެ ފައިސާ ފޮތި ހުއްޓެވެ. ބަލާބެލުމަށް އެއީ ކޮންބާވަތެއްގެ ލާރިކަމެއް ނޭނގުނަސް އެއީ ފައިސާ ފޮތިތަކެއް ކަމަށް ޔަޤީނާ ގާތަށް ލަފާކުރެވެއެވެ. ހުކުރު މިސްކިތުގައި ވުޟޫކުރާ މިފަދަ ތިން ވަޅެއް ހުރިކަމުގައި ނަމަވެސް މިހާގިނަ ޢަދަދަކަށް ފައިސާ ފޮތިތައްހުރީ އެމިސްކިތުގެ ދެކުނު ފަރާތުގައި ހުރި ވަޅުގައި އެކަންޏެވެ.
މާލޭ ހުކުރު މިސްކިތްފަދަ އާސާރީ އަދި ބޮޑަށް ބެލެހެއްޓޭ ތަނެއްގައި މިފަދަކަމެއް ވެފައި ހުރުމުން މިކަމަކީ ކިހިނެއް ކިހިނެއް ހިނގާ ކަމެއްތޯ ބެލެން ޖެހޭނެއެވެ. އަދި މިއީ ކުރީޒަމާނުގައި ނަދުރު ބުނުން ފަދަ ކަންކަން ކުރާ އުޞޫލުން ބަޔަކު ކުރާކަމެއް ކަމަށް ވާނަމަ އެކަން ހުއްޓުވެން ވެސް ޖެހޭނެއެވެ. ސަބަބަކީ ދީނީ ގޮތުން ބަލާނަމަ އެފަދަ ކަންކަން ވެގެންދާނީ ޝިރުކުގެ ތެރެއަށް ވަދެގެންދާ ކަންކަމުގެ ތެރޭގައެވެ. އެނގި ވަޑައިގަންނަވާނޭ ފަދައިން ނަދުރު ބުނުމުގެ ގޮތުން ކުރީޒަމާނުގައި ދިވެހީންގެ ތެރޭގައިވެސް ވަޅުވަޅަށް ލާރި އެޅުމާއި ޤަބުރުސްތާނާއި މަހަނަ ތަކުގައި ކާށި ބެހެއްޓުމާއި ޒިޔާރަތަށް ދިދަ ދިނުންފަދަ ޚުރާފީ ކިތަންމެ ކިތަންމެ ގޯސް އާދަތަކެއް ޖީލުން ޖީލަށް ނަގުލުވަމުން އައިސްފައިވެއެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ދީނީގޮތުން ދިވެހިންނަށް ލިބުނު ހޭލުންތެރި ކަމުގައި މިފަދަ ކަންތައްތައް މިހާރު ވަރަށް ބޮޑަށް މުޖްތަމަޢުގައި މަދުވެފައި ވާކަމުގައި ދަންނަވަން ޖެހެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.