އެހީ! 9 އަހަރުގެ އަލީ އަހްމަދު އަށް އެހީވެދެއްވާ!

9 އަހަރުގެ އަލީ އަހްމަދު އަށް އެހީވެދެއްވާ!

9 އަހަރުގެ އަލީ އަހްމަދު އަށް އެހީވެދެއްވާ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އުމުރުން އެންމެ 2 އަހަރުން ފެށިގެން އަލީ އަހްމަދު އަކީ ވަރަށް ބަލިކޮށް ދުވަސްތައް ހޭދަކުރަމުން އަންނަ ކުއްޖެކެވެ. މިހާރު އަލީ އަހްމަދު ގެ އުމުރުން 9 އަހަރެވެ.

އއ މާޅޮސް، އަސަރީގޭ އަލީ އަހްމަދަކީ އެންމެ ކުޑައިރުން ފެށިގެންވެސް "ގައުޗާސް ޑިސީސް" ބަލިޖެހިފައިވާ ކުއްޖެކެވެ. އެބަލީގެ ސަބަބުން ކުއްޖާގެ ދިފާއީ ބާރު ހަލާކުވެ ކަށިތަކާއި ހުޅުތައް ހަލާކުވެއެވެ. އަދި ބޮޑުވާންވަރަށް ބޮޑުނުވެ ހޮޑުލެވި ހަށިގަނޑު ބަލިކަށިވެއެވެ. މީގެ އިތުރުންވެސް އެތައް ބަލިތަކެއް އެކުއްޖާއަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

އެބަލީގައި އެކުއްޖާ 9 އަހަރު ހޭދަކުރަމުން އެއަންނަނީ އެތައް ވޭނާއި ކެކުޅުމެއްގެ ތެރޭގައެވެ. މިހާތަނަށް އަލީ އަހްމަދު ވަނީ އެތައް އޮޕަރޭޝަނެއްކޮށްފައެވެ. އެގޮތުން ހުންކޮށިވެސް ވަނީ ނަގާފައެވެ. އެތައް އޮޕަރޭޝަނަށްފަހުވެސް އަދިވެސް އިތުރު މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. މިހާރު އަލީ އަހްމަދުގެ ފައިގެ ހުޅު ހަލާކުވެ ދެފައިގެ ފަރަގުވެސް ވަރަށް ބޮޑެވެ.

"ހިތްވަރާއި އެކު ކުރި މަސައްކަތުން އެތައް އޮޕަރޭޝަނެއް ކުރެއްވިޖެ. ދަރިފުޅަށް ގެންނަންޖެހޭ ބޭސް ގެންނަންޖެހެނީ ރާއްޖެއިން ބޭރުން. ވަރަށް އަގުބޮޑު. އަޅުގަނޑުކަހަލަ ނިކަމެތި މީހަކަށް ގަނެވޭވަރަށް ވުރެ މާ އަގޮބޮޑު. މިބަލީގެ ސަބަބުން ދާއިމީކޮށް ބޭސް ބޭނުންކުރަންޖެހޭ. ބޭސް ނުލިބި ގިނަ ދުވަސްވާނަމަ ފުރާނައަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރު ބުނޭ. އަތްމަތި ދަތިކަމުން އެބޭސް ގަނެވޭ ގޮތެއް އަދި ނެތް." ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ކުއްޖާގެ ބައްޕަ އަހްމަދު ރަމީޒް ވަރަށް އަސަރާއި އެކު ކިޔައިދިނެވެ.

އަހްމަދު ރަމީޒްގެ އަޑުގައިވަނީ ހިތްދަތި ކަމެވެ. އަތައް ބަޔެއްގެ ކައިރިއަށް އޭނާ ވަނީ އެހީ އަކަށް އެދި ގޮސްފައެވެ. އެދެވޭ ނަތީޖާއެއް އަދި ނުލިބެއެވެ. "އަޅުގަނޑުގެ ދަރިފުޅުގެ ހާލު ވަރަށް ގޯސް. އަޅުގަނޑުގެ މިދަރިފުޅުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އެންމެ ރުފިޔާއަކީވެސް އަޅުގަނޑަށް މިއަދު ބޮޑު އެއްޗެއް." 3 ކުދިންނާއި އަތްބެއް ބަލަމުން އަންނަ އަހްމަދު ރަމީޒް ބުންޏެވެ.

"އެހީ"އަކަށް މިއަދު ކުޑަކުޑަ އަލީ އަހްމަދު އެދެމުން އެދަނީ ތިޔަ ބޭފުޅުންގެ ކައިރިންނެވެ. މާދަމާ އެކުއްޖާވެސް އެދޭނީ ތިބޭފުޅުންވެސް އެފަދަ ހާލެއްޖެހިއްޖެނަމަ ގިނަ ބަޔަކު އެހީވެދިނުމަށެވެ. އެކުއްޖާގެ އާއިލާގެ އެފަދަ ތަނަވަސްކަމެއް ނެތް ހިނދު އެކުއްޖާއަށް އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ.

އިތުރު މައުލޫމާތު: 7644671 އަހުމަދު ރަމީޒް – ކުއްޖާގެ ބައްޕަ

Account name: Ahmed Rameez
Account number: 7715 468493 101

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.