ދުނިޔެ ފަލަސްޠީނުގެ ދެޖަމާއަތުގެ ގުޅުމުން އިސްރާއިލް ޞުލުޙައިގެ މަޝްވަރާތައް ބޮއިކޮޓުކޮށްފި

ފަލަސްޠީނުގެ ދެޖަމާއަތުގެ ގުޅުމުން އިސްރާއިލް ޞުލުޙައިގެ މަޝްވަރާތައް ބޮއިކޮޓުކޮށްފި

ފަލަސްޠީނުގެ ދެޖަމާއަތުގެ ގުޅުމުން އިސްރާއިލް ޞުލުޙައިގެ މަޝްވަރާތައް ބޮއިކޮޓުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދާދި ފަހަކާއިޖެހެންދެން ޚިޔާލުތަފާތުވުންތަކާހެދި ދެބަސްވުމެއްގައިތިބި ފަލަސްޠީނުގެ ސިޔާސީ އެންމެ ބޮޑު ދެޖަމާޢަތްކަމުގައިވާ ޙަމާސްއާއި ފަތަހަ ޖަމާޢަތުގެ މެދުގައި ވަޠަނީ ސަރުކާރެއް އުފެއްދުމަށް އެއްބަސްވުމަކަށް އައުމުން އިސްރާއީލުން ޞުލްޙައިގެ މަޝްވަރާތައް ބޮއިކޮޓުކޮށްފިއެވެ.

އިސްރާއިލްގެ ނިންމާފައިވަނީ އެމެރިކާ މެދުވެރިއެއްގެ ރޯލްއަދާކުރާ މަޝްވަރާތަކުގައި ކުރުމަށް ނިންމާފައިވާ ކަންކަން ހުއްޓާލުމަށެވެ.

ނަތަންޔާހޫ ތުހުމަތުކުރަނީ ފަތަޙަ ޖަމާއަތާއި ހަމާސްއިން ވަޠަނީ އެއްބަސްވުމެއް އެކުލަވާލީ އެކަމާމެދު ހުޅަނގުން އެއްބާރުލުން ދިނުމުންނެވެ. ނަތަންޔާހޫ އިޝަރާތްކުރަނީ ފަހަޙައާއި ހަމާސްއާއިމެދު އެއްބަސްވުމަކާއި ހަމަޔަށް ދިޔައިރުވެސް ހުޅަނގުން އެކަމާ އަޅާނުލާ ތިބުމެވެ.

"އަހަރެމެން އުންމީދުކޮށްގެންތިބީ ފަލަސްޠީނާ އިސްރާއީލާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ކުރިއެރުމެއް ލިބޭނެކަމަށް. އަހަރެމެން އުންމީދުކުރީ ޔަހޫދީ ދައުލަތް ފަލަސްޠީނުން ޤަބޫލުކުރާނެކަމަށް ދެދައުލަތް އުފެދުމަށް އެއްބަސްވާނެކަމަށް ޔާހޫދީންނަށް އެއްޤައުމު ފަލަސްޠީނުގެ މީހުންނަށް އަނެއް ޤައުމު ނަމަވެސް ޕަލަސްޠީނިއަން އެތޯރިޓީގެ ލީޑަރު (މަހުމާދު އައްބާސް) މިނިންމީ އިތުރަށް ފަހަތށްދާން." ވަޠަނީ އެއްބަސްވުމާ ބެހޭގޮތުން ކޮމެންޓެއް ކުރެއްވުމަށް އެންބީސީއިން ނަތަންޔާހޫ ގާތުގައި އެދުމުން ހަރުކަށި ބޮޑުވަޒީރު ބުންޏެވެ.

މަޝްވަރާތަށް ބޮއިކޮޓުކުރުމަށް އިސްރާއީލުން ނިންމި ނިންމުން ރަނގަޅަށް ސާފުނުވާކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. ބައެއް މީޑިއާތަކުން ބުނެފައިވަނީ މިނިންމުން ނިންމީ އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ ކަމެއް ނުވަތަ އޭނާގެ ސެކިއުރިޓީ ކެބިނެޓުކަމެއް ސާފު ނުވާކަމަށެވެ.

ނަމަވެސް އިސްރާއީލްގެ އިސް އޮފިޝަލެއް ބުނީ ކެބިނެޓު ބައްދަލުވުމުގައި މިގޮތަށް ނިންމެވީ ނަތަންޔާހޫ ކަމަށެވެ. އަދި ނަތްޔާހޫ މިގޮތަށް ނިންމެވުމުން ބައެއް ވަޒީރުންނަށް ހައިރާންކަން ލިބިގެންދިޔަކަމަށް އޮފިޝަލް ބުންޏެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.