ދުނިޔެ ޢަރަބި ލީގު ސަމިޓް ފަށައިފި

ޢަރަބި ލީގު ސަމިޓް ފަށައިފި

ޢަރަބި ލީގު ސަމިޓް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގަލްފް ސަރަހައްދުގެ ގައުމު ތަކުގެ މެދުގައިވާ ޑިޕްލޮމެޓިކް އަރާރުންތަކާއި ސޫރިޔާ އަދި މިޞްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނުތަނަވަސްކަމާއި އެކު ޢަރަބި ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން މިއަދު ފަށައިފިއެވެ. ކުވައިތުގައި މިއަދު ފެށުނު ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ކުވައިތުގެ އަމީރު ޝެއިޚް ޞަބާޙް އަލް އަޙްމަދު އަލް ޞަބާޙް ވަނީ ޢަރަބި ޤައުމުތަކުގެ މެދުގައިވާ އަރައިރުންވުންތައް ނައްތާލައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ހުރިހާ ޢަރަބި ގައުމު ތަކެއްގެ ވެރިންނަށް އިލްތިމާސް ކޮށްފައެވެ. އޮފިޝަލުން ހާމަކުރެއްވިގޮތުގައި މި ސަމިޓްގައި ބައެއް ގައުމުތަކުން އިޚްވާނުލް މުސްލިމޫންއަށް ދޭ އެހީތެރިކަމުގެ ސަބަބުން ޤަޠަރަށް ފިއްތުންތަކެއް ކުރިމަތިކުރަން މަސައްކަތްކުރާނެއެވެ. ބެލެވޭ ގޮތުގައި އެކަމަށް ގޮވާލާނީ މިޞްރާއި ސައުދީއަރަބިއާއިންނެވެ. މި ދެގައުމުންވެސް ވަނީ މުސްލިމް ބްރަދަހޫޑަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ކަނޑައަޅާފައެވެ. އަދި މި ދެގައުމުން ވަނީ ދޯހާގައި ހުންނަ އެގައުމުތަކުގެ އެމްބެސަޑަރުންވެސް އަނބުރާ ގައުމަށް ގެނެސްފައެވެ. ބަހްރެއިން އާއި ޔޫއޭއީ އިންވެސް ދާދިފަހުންވަނީ އެގައުމުތަކުގެ އެމްބެސަޑަރުން ދޯހާއިން ބާލައިފައެވެ. މި ގައުމުތަކުގެ އަމަލުތަކަށް ގަޠަރުން ދެނީ ފިނި ޖަވާބެކެވެ. އެގައުމުގެ ސިޔާސަތުތަކާއި އެއްގޮތަށް އެގައުމުން ކުރިޔަށް ދާނެވާހަކއެވެ. އަދި ސިޔާސީ މަންފާއެއް ހޯދުމަށް ޖަމާޢަތްތައް ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްނުކުރުމަށްވެސް ސަމިޓްގައި ގަޠަރުންވަނީ އަވަށްޓެރި ގައުމުތަކަށް ގޮވާލައި އިންޒާރުދީފައެވެ. "ޓެރަރިޒަމްގެ އޮތީ އެންމެ ވިސްނުމެއް. ޢާންމުން މެރުމާއި އެމީހުނަށް އަމާޒުކޮށް ހަމަލާދިނުން. ސިޔާސީ މަންފާއެއް ހޯދުމަށް/ ކަމެއް ޙާސިލްކުރުމަށް މަދަނީ މަސައްކަތްތައްކުރާ ފަރާޓްތަކާމެދު ނަފްރަތު އުފެއްދުން" ގަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން އަލް ޡާނީ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ސޫރިޔާ ތަމްސީލުކުރާނެފަރާތެއް ކަނޑައެޅުމާއި މެދުވެސް ވަނީ ވަރަށްބޮޑަށް ގައުމުތަކުގެ މެދުގައި ޚިޔާލު ތަފާތުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.