ދުނިޔެ އެއްޖިންސުން ގުޅުން ހިންގުން މަނާކުރާ ބިލްގައި ޔޫގަންޑާގެ ރައީސް ސޮއި ކުރައްވައިފި

އެއްޖިންސުން ގުޅުން ހިންގުން މަނާކުރާ ބިލްގައި ޔޫގަންޑާގެ ރައީސް ސޮއި ކުރައްވައިފި

އެއްޖިންސުން ގުޅުން ހިންގުން މަނާކުރާ ބިލްގައި ޔޫގަންޑާގެ ރައީސް ސޮއި ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކަށް ބޮޑެތި އުގޫބާތް ތަކަކާއި އެކު އެއްޖިންސުން ގުޅުން ހިންގުން ޔޫގަންޑާގައި މަނާކުރާ ބިލުގައި އެގައުމުގެ ރައީސް ސޮއި ކުރައްވައިފިއެވެ.

ދުނިޔޭގެ އެތައްބަޔެއްގެ ލޯތައް އެކަމަކަށް އަމާޒުވި އަދި ނުފޫޒު ގަދަ ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރުވަމުން ދަނިކޮށް މި ބިލްގައި ސޮއިކުރެއްވުމަށް ފަހު ޔޫރީ މުސެވިނީ ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކަކީ ކަސްބީންތަކެކެވެ.

"އެމީހުންވެސް އެއްޖިންސުން ގުޅުން ހިންގަން ކޮންމެހެން ބޭނުމެއް ނުވޭ. އެކަމަކު އެ ލިބޭ ފައިސާއަށްޓަކައި އެކަން ކުރަނީ އެއީ ކަސްބީން ތަކެއް" މުސެވިނީ ވިދާޅުވިއެވެ.

މި ބިލްގައި ސޮއި ނުކުރުމަށް އެންމެ ބޮޑަށް ބާރު އެޅި ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހިމެނެއެވެ. އަދި އޮބާމާވަނީ މޮސެވިނީ ސޮއެކުރައްވައިފިނަމަ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށްވެސް ބުރޫއަރާނެކަމަށް ބުނެ އިންޒާރު ދީފައެވެ.

މި ބިލްގައި އެއްޖިންސުން ގުޅުން ހިންގާފަރާތްތައް ދިގުމުއްދަތަށް ޖަލަށް ލުމަށާއި އަދި މިކަން ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

"ތިއީ ގޭ (އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން) އެއްނަމަ ކަލޭގެ ކޮންމެވެސް ކަހަލަ މައްސަލައެއް އެބަހުރި" މުސެވިނީ ވިދާޅުވިއެވެ. އަދި ލޫޅާފަތި ރީތި އަންހެނުންނަށް ހިތް ނުކިޔައި ފިރިހެނަކަށް އެހެން ފިރިހެނަކު ކަމުދާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާކަމަށްވެސް މުސެވިނީ ވިދާޅުވިއެވެ.

ޔޫގަންޑާގައި މި ބިލަށް އާންމުންގެ ވަރަށްބޮޑު ތާޢީދެއް ލިބެމުންދާކަމަށް ނޫސްތަކުން ބުނެއެވެ. ނަމަވެސް ހައްގުތަކަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުން މިބިލާދެކޮޅަށް އަޑުއުފުލަން ފަށައިފައިވާކަން ފާހަގަކުރެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.