ދިރާގުން 4ޖީ އެލްޓީއީގެ ޚިދުމަތާއި އެލްޓީއީއޭގެ ޚިދުމަތް މާލެއަށް ތަޢާރަފު ކޮށްފިއެވެ.
ދިރާގުން ވިދާޅުވީ އަލަށް ތަޢާރަފު ކުރެވުނު 4ޖޖީގެ ޚިދުމަތް ހޯދުމަށް ކަސްޓަމަރުން އިތުރު ފައިސާއެއް ކަދައްކަން ނުޖެހޭނެ ކަމަށާއި، މިހިދުމަތް އަދި ތައާރަފް ކުރީ މާލެ ސަރަހައްދަށް އެކަނި ކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭގެ ބައެއް ރަށްތަކަށް މިހިދުމަތް ލިބޭނެކަމަށް ދިރާގުން ވިދާޅުވިއެވެ.
އަލަށް ތަޢާރަފު ކުރެވުނު އެލްޓީއީ އަދި އެލްޓީއީއޭގެ ޚިދުމަތަކީ ޓެސްޓު ޚިދުމަތްތަކެއް ނޫން ކަމަށާއި، މި ދެ ޚިދުމަތް ވެސް މިހާރު ޤާއިމު ކުރެވި، ލައިވް ކުރެވިފައި ވާކަމަށް ދިރާގުން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އަލަށް ތަޢާރަފު ކުރެވުނު 4ޖީ އެލްޓީއީ ޚިދުމަތުގައި، 3ޖީގެ 10 ގުނަ ސްޕީޑު ހުންނާނެ ކަމަށް ދިރާގުން ވިދާޅުވި އެވެ.
ދިރާގުގެ ކުރިން ރާއްޖެއަށް އެންމެ ފުރަތަމަ 4ޖީ އެލްޓީއީ ޚިދުމަތް ތަޢާރަފު ކޮށްފައި ވަނީ ވާދަވެރި އުރީދޫ އިންނެވެ. އެހެން ނަމަވެސް އެ ޚިދުމަތް ތަޢާރަފު ކުރީ ޓެސްޓް ޚިދުމަތެއްގެ ގޮތުގައި އުރީދޫއިން ކުރިން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...