ރާއްޖޭގެ ޚަބަރު މެމްބަރުންގެ އަދަދު 65،000 އަށް އަރާފައި ވާކަމަށް ޕީޕީއެމުން ބުނެފި

މެމްބަރުންގެ އަދަދު 65،000 އަށް އަރާފައި ވާކަމަށް ޕީޕީއެމުން ބުނެފި

މެމްބަރުންގެ އަދަދު 65،000 އަށް އަރާފައި ވާކަމަށް ޕީޕީއެމުން ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެމްބަރުންގެ އަދަދު 65،000 އަށް އަރާފައި ވާކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމަށް 3 އަހަރު ފުރުމާއި ގުޅިގެން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސައްހަ މެމްބަރުން ގިނަ ޕާޓީ އަކީ ޕީޕީއެމް ކަމަށާއި އެ ޕާޓީގެ މެމްބަރުންގަ އަދަދު 65،000 އަށް އަރާފައިވާ ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އަޅުގަނޑުމެންގެ 32،000 މެމްބަރުން ރަޖިސްޓްރީވެފައި ތިބި ނަމަވެސް ޕާޓީ އަށް މިހާރު ލިބިފައި ހުރި ފޯމުތަކާ އެކު މެމްބަރުންގެ އަދަދު މިހާރު 65،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.

ޕީޕީއެމް މެމްބަރުންގެ އަދަދު 65،000 އަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ޕާޓީން ދަޢުވާ ކުރާއިރު، އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް 12،000 ފޯމު ހުށަހަޅާފައި ވާނެ ކަމަށާއި، އެ ފޯމު ތަކާއި އެކު އެ ޕާޓީގެ މެމްބަރުންގެ އަދަދު 50،000 އަށް އަރާނެ ކަމަށް ބުނެފައެވެ.

އެމްޑީޕީ އާއި ޕީޕީއެމުން މިގޮތަށް ދަޢުވާ ކުރި ނަމަވެސް އެ ޕާޓީ ތަކުގެ ސައްޙަ މެންބަރުންގެ ޢަދަދު ބެލޭނެ ގޮތެއް ނެތެވެ. އެއީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ވެބްސައިޓުގައި 15 ސިޔާސީ ޕާޓީއެއް ރާއްޖޭގައި އޮތް ކަމަށް ދެއްކި ނަމަވެސް އެ ޕާޓީ ތަކުގެ މެންބަރުންގެ ޢަދަދު ފެންނަން ނެތުމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.