ރާއްޖޭގެ ޚަބަރު ރައީސް މައުމޫނާއި ރައީސް ނަޝީދު ޝުކުރާއި ތަހުނިޔާ ބަދަލު ކުރައްވައިފި

ރައީސް މައުމޫނާއި ރައީސް ނަޝީދު ޝުކުރާއި ތަހުނިޔާ ބަދަލު ކުރައްވައިފި

ރައީސް މައުމޫނާއި ރައީސް ނަޝީދު ޝުކުރާއި ތަހުނިޔާ ބަދަލު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް މައުމޫނާއި ރައީސް ނަޝީދު ޝުކުރާއި ތަހުނިޔާ ބަދަލު ކުރައްވައިފި އެވެ.

މިކަމަށްޓަކާ ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ތަރައްޤީ ލިބޭނެ ވެރިކަމުގެ ނިޒާމުގެ ވަޞީލަތަކީ ސިޔާސީ ޕާޓީ ކަމަށާއި ޕީޕީއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ ރައީސް މައުމޫނަށާއި، ހުރިހާ މެންބަރުންނަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ.

ރައީސް ނަޝީދު މަރުޙަބާ ވިދާޅުވުމުން އެކަމަށް ޝުކުރު އަދާކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ވިދާޅުވި މަރުޙަބާ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ކުރީގެ 2 ރައީސުންނަކީ 2 ހަތުރުން ކަމަށް ޢާއްމުންގެ ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް މި ދެ ރައީސުންގެ މެދުގައި އޮތް ގާތް ގުޅުން ޢާއްމުންނާއި ހަމައަށް ތިލަވެފައި ވަނީ ގަލޮޅު ދަނޑުގައި ފުޓްބޯޅަ މެޗެއް ބައްލަވަން ތިއްބެވި އިރު ނެންގެވި ގައިގޯޅި ސެލްފީ އާއި ހަމައިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.