ދުނިޔެ ޖަރުމަނުގެ ކުރީގެ ޗާންސެލާއަކަށް އެމެރިކާއިން ޖާސޫސު ކުރި މައްސަލައެއް ފެންމަތިވެއްޖެ

ޖަރުމަނުގެ ކުރީގެ ޗާންސެލާއަކަށް އެމެރިކާއިން ޖާސޫސު ކުރި މައްސަލައެއް ފެންމަތިވެއްޖެ

ޖަރުމަނުގެ ކުރީގެ ޗާންސެލާއަކަށް އެމެރިކާއިން ޖާސޫސު ކުރި މައްސަލައެއް ފެންމަތިވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖަރުމަނުގެ ކުރީގެ ޗާންސްލާ ޖެރްހާރޑް ޝްރޯޑާރ އަށް އެމެރިކާއިން ޖާސޫސުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

2003ވަނަ އަހަރު އެމެރިކާއިން އިރާގު ހިފި ދުވަސްވަރު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެން އެސް އޭ) އިން ޝްރޯޑާރ އަށް ފާރަލިކަމަށާއި 2002ވަނަ އަހަރު އެން އެސް އޭ އިން ކައިރިން ބަލަމުން ދާ މީހުންގެ ލިސްޓްގައި ހިމެނިފައިވާކަމަށްވެސް ޖަރުމަނުގެ ބައެއް ނޫސްތަކާއި ޓީވީ ތަކުން އަންގާރަދުވަހު ރިޕޯޓްކޮށްފައިވެއެވެ.

2002ވަނަ އަހަރު ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ޖެރްހާރޑް ޝްރޯޑާރ ގެ ޕާޓީ) އިންތިޚާބުގެ ކެމްޕެއިން ފެށުނު ދުވަސްވަރު ބުނެފައިވަނީ ޖަރުމަނުން އިރާގު ހަނގުރާމަޔަށް އެއްވެސް ފައިސާއެއްވެސް އަދި ސިފައިންވެސް ނުފޮނުވާނެ ކަމަށެވެ. އަދި މިޚަބަރު(އެމްރިކާއިން ޖާސޫސު ކުރި ޚަބަރު) ގެ ސަބަބުން ޝްރޯޑާރ އަށް އެއްވެސް ހައިރާންކަމެއް ލިބިވަޑައި ނުގަންނަވާކަމަށްވެސް ޖަރުމަނުގެ ނޫހެއްގައި ބުނެފައިވެއެވެ.

އެމެރިކާއިން ދުނިޔޭގެ ލީޑަރުންނަށް ޖާސޫސުކުރަމުން ދާކަމުގެ ވާހަކަ ފަތުއަޑު ކިޔާލައިފައި މިވަނީ ކުރީގެ އެންއެސްއޭ މުވައްޒަފެއް ކަމަށްވާ އެޑްވާރޑް ސްނޯޑެން ލީކުކޮށްލާފައިވާ ލިޔެކިޔުންތަކެއްގެ ސަބަބުންނެވެ. އޭގެތެރޭގައި ޖަރުމަންގެ މިހާރުގެ ޗާންސެލާ އެންޖެލާ މާކެލްވެސް ހިމެނި ވަޑައިގަންނަވައެވެ.

އޮކްޓޯބަރ 24 2013، ގައި ގާޑިއަން ނޫހުގައި ޝާއިރު ކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން އެމެރިކާއިން ދުނިޔޭގެ 35 ލީޑަރަކަށް ފާރަލައި ޖާސޫސުކުރަމުން ދެއެވެ.

އޮކްޓޯބަރ 2013ގައި އެމެރިކާއިން ޖާސޫސު ކުރުމަށް ބޭނުން ކުރާ ސިއްރު ދެ ޕްރޮގްރާމެއް ސްނޯޑެން ވަނީ ލީކުކޮށްލާފައެވެ. އެއީ އެންއެސްއޭ އާއި އެފްބީއައި އިން އެމެރިކާގެ އެތައް މިލއަން ރައްޔިތުންނަކާއި ޔޫރަޕްގެ އެތައް ބައެއްގެ ފޯން ރެކޯޑް ތަކަށް ފާރަލުމަށް ތައްޔާރުކުރެވިފައިވާ ޕްރޮގްރާމެކެވެ. މީގެ އިތުރުން އިންޓަނެޓް ޑޭޓާވެސް ފޭސްބުކް، ގޫގުލް، ޔާހޫ، އެޕަލް، އަދި މައިކްރޯސޮފްޓް ފަދަ އިންޓަނެޓް ކޮމްޕެނީތައް މެދުވެރިކޮށް ޖާސޫސު ކުރާކަމަށްވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.