ރާއްޖޭގެ ޚަބަރު

ކޮންމެ ދަތިކަމަކުން އަރައިގަނެވެން އޮތީ ﷲ ތަޢާލާ އެކަމެއް ހިންމަވާދެއްވުމުން: މުފްތީ މެންކް

Komme Vaguthegga Ves Maru Ais Badhalu Koffane Kan Ingen Oii Nama Ves Marah Thayyaru Vany Varah Madhu Myheh: Mufthi Menk

ކޮންމެ ދަތިކަމަކުން އަރައިގަނެވެން އޮތީ ﷲ ތަޢާލާ އެކަމެއް ހިންމަވާދެއްވުމުން ކަަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވެފައިވަނީ ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބެން އޮތް އެންމެ ޔަޤީން މަގަކީ، ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިން މުސްލިމަކު އޭނާގެ އަޚާއަށް އެހީތެރިވަމުން ގެންދާހާ ހިނދަކު އެމީހަކަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަތުމުގައި ދެމިހުންނަވާނެ ކަމަށެވެ. އެގޮތުން ޙަޔާތުގައި ދިމާވާ މައްސަލަތަކުގައި، ޒަވާޖީ ޙަޔާތުގައި ދިމާވާ މައްސަލަތަކާއި، ވަޒީފާ ގެއްލުމާއި، ލިބޭ އާމްދަނީއިން ނުފުދި ދަތި ޙާލުގައި ދިރިއުޅެން ޖެހުނު ނަމަވެސް އެންމެ ފުރަތަމަ ވިސްނާލަންވީ ކަމަކީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމެވެ.

އަދި ހަަމަ އެހެންމެ ޙާލުގައި ޖެހިފައިވާ މީހަކަށް އެހީތެރިވުމަށް އިސްކަންދޭންވާނެއެވެ. އަދި އިސްްނަގަންވާނީ އެންމެ ކައިރިންނެވެ. އަޚުންނާއި އުޚްތުންނެވެ. ރަޙިމުގެ ގުޅުމާއި ހަމައިންނެވެ. އެއަށްފަހު މުސްލިމު އެންމެހާ އަޚުންނާއި އުޚްތުންނާއި ހަމައިންނެވެ. މީގެ އިތުރުން އެހީތެރިކަމަކީ ހަމައެކަނި ފައިސާއިން ފޯރުކޮށްދެވޭނެ ކަމެއް ނޫންކަމަށާއި މީހަކަށް ކިތަންމެ ކުޑަ މަސައްކަތެއް ކޮށްދިނުމާއި ހިނިތުންވުމާއި އަނެކާއަށް ހެޔޮ ދުޢާކުރުމަކީވެސް އެހީތެރިވުން ކަމަށްވެސް ވިދާޅުވިއެވެ.

ނިންމާލަމުން ޝެއިޚް ވިދާޅުވެފައިވަނީ އުފާވެރިކަމަށް އެދޭ މީހާ އަމިއްލަ އެދުން ބޮޑުކަމާއި ދަހިވެތިކަން ދޫކޮށްލާ މީހުންނަށް އެހީވުން ގިނަކުރުމަށެވެ. އަދި ޚާއްސަކޮށް ޔަތީމުންނަށާއި ހުވަފަތް އަންހެނުންނަށެވެ. އެހެން މީހުންނަށް އެހީތެރިވުމަކީ އަބަދުވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މުޞީބާތުގެ ވަގުތުގައި އޮތީ އެހީތެރިކަން އިތުރުކޮށް ﷲ ތަޢާލާއަށް ދުޢާކުރުން ގިނަކުރުން ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *