ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅޭގޮތުން އިންޑިޔާ އާއި މަޝްވަރާ ކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި އެކު ބޭއްވެވި ބައްދަލު ކުރެއްވުން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅޭގޮތުން މަޝްވަރާ ކުރެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރ އަރުން ޖެއިޓްލީ އާއިއެކު ބޭއްވެވި ބައްދަލުވުމުގައި ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ދިފާޢީ އަދި އަސްކަރީ ދާއިރާ ކުރިއަރުވާ ތަރައްޤީކޮށް އިންސާނީ ވަސީލަތް އިތުރަށް ތަރައްޤީ ކުރުމާއިމެދު ދެޤައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕްރޮގްރާމްތަކާބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އާއި ބައްދަލުކުރައްވާ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅުންހުރި ކަންތައްތަކާއި އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖޭއާއި ދެމެދު ޓްރައިލެޓެރަލް މެރިޓައިމް ކޯޕަރޭޝަން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.
އަދި މީގެ އިތުރުން މިއަންނަ އަހަރު ކުރީކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރުވަނަ އެން.އެސް.އޭ ލެވެލް ބައްދަލުވުމާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...