ދުނިޔެ މިޞްރުގައި އަވަސް އިންތިޚާބެއް ބާއްވަން ނިންމައިފި

މިޞްރުގައި އަވަސް އިންތިޚާބެއް ބާއްވަން ނިންމައިފި

މިޞްރުގައި އަވަސް އިންތިޚާބެއް ބާއްވަން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގައި އަވަސް އިންތިޚާބެއް ބާއްވަން ނިންމަވައިފި ކަމަށް އެގައުމުގެ އިންތިޤާލީ ރައީސް އަދްލީ މަންޞޫރު ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި މަންޞޫރު ވިދާޅުވީ ރިޔާސީ އިންތިޚާބު އަވަސް ކޮށް "ރޯޑް މެޕަށް" ބަދަލުގެނައުމަށް ނިންމަވައިފި ކަމަށެވެ. ނަމަވެސް މިޞްރުގެ ރައީސް މުހައްމަދު މުރްޞީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު އެކުލަވާލެވިފައިވާ "ރޯޑް މެޕް" ބުނާގޮތުން ރިޔާސީ އިންތިޚާބަށްވުރެ ކުރިން ބާއްވަން ޖެހޭނީ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބެވެ.

"ގިނަ ސިޔާސީ ބާރުތަކުން އެދެމުން ދަނީ ރިޔާސީ އިންތިޚާބު ފުރަތަމަ ބޭއްވުމަށް" މަންޞޫރު ވިދާޅުވިއެވެ. "އެ ބޭފުޅުން އެދޭގޮތަށް އެބަދަލު ރޯޑުމެޕަށް އަޅުގަނޑު ގެނެސްފިން" އިތުރަށް މަންޞޫރު ވިދާޅުވިއެވެ.

މިޞްރަށް ބަޣާވާތް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވި ޖެނެރަލް އަބްދުލް ފައްތާހު އައް ސީސީވެސް މި އިންތިޚާބުގައި ވާދަކުރާނެކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

މަންޞޫރު ވަނީ ޓެރަރިޒަމްގެ މައްސަލަތައް ބަލާ ކޯޓުތައްވެސް އިތުރު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެއީ "ޚާއިނުން" އިންސާފުގެ ކުރިމަށްޗަށް ގެނައުމަށް ކަމަށްވެސް އޭނާ ވަކާލާތުކުރައްވައެވެ.

ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއް މަންޞޫރު ވިދާޅެއް ނުވެއެވެ. ތާރީޚެއް ކަނޑައެޅުމަކީ މިޞްރުގެ ހައި އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއްކަމަށް ވާއިރު، ގާނޫނު އަސާސީ ބަލައިގަންނަތާ 90 ދުވަސް ތެރޭ ރިޔާސީ އިންތިޚާބު އޮންނަންވާނެކަމަށް މިޞްރުގެ ގާނޫނު އަސާސީ ބުނެއެވެ. އެހެންކަމަށް ވާނަމަ އިންތިޚާބު އޮންނާނީ އޭޕްރިލް މަހުގެ މެދުތެރޭ ހިސާބުގައެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.