އެމެރިކާގައި ފަޤީރުކަން މުޅިން އައު ރެކޯޑަކަށް މައްޗަށް ޖެހިއްޖެއެވެ. ފަޤީރުކަން ބަލާ މިންގަނޑުން ތިރިއަށްގޮސް ފަޤީރުންގެ އަދަދު މިހާރުވަނީ 20 މިލިޔަނުން މަތީގައެވެ.
ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ފާއިތުވީތަނާއި އަޅާބަލާއިރު މިއަދަދުވަނީ ތިންބައިކުޅަ އެއްބައި މައްޗަށް ޖެހިފައެވެ.
އެމެރިކާގެކޮންމެ 15 މީހުންގެތެރެއިން އެކަކީ ފަޤީރުކަންބަލާ މިންގަނޑަށްވުރެ ފަޤީރު މީހުންނެވެ. ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގައި ފައިސާއާއި ވަޞީލަތްތައް ކޮންޓްރޯލްކުރަނީ އެލީޓް ގުރޫޕްތަކެވެ. މިހާރު ހިނގަމުންދާ އޮކިއުޕައި ވޯލްސްޓްރީޓް ހަމަނުޖެހުމަކީވެސް މިސަބަބުތަކާއިހުރެ ކޮންޓްރޯލްނުވެގެން ހިނގަމުންދާ ކަމެއްކަމުގައި ގިނަ "ދިރާސާކާރުން"ދަނީ ހާމަކުރަމުންނެވެ.
މިވަރުވެގެންދާއިރުވެސް އަދިވެސް މުސްލިމް ޤައުމުތަކަށް އެއްވެސް ގޮތެއްފޮތެއްނުބަލައި އަރައިގަނެގެން އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ގެދޮރު ހަދައިނުދީ އެފައިސާއިން މުސްލިމުންގެގެދޮރު ހަލާކުކުރަނީ ހަމަ އިސްލާމްދީންދެކެ ގަންނަބިރަކާއި ހުންނަ ހަސަދައެއްގެ ސަބަބުންނެވެ.
ކޮންމެއަކަސް މުސްލިމުންގެ އަތުން ކުރިންވެސް ކާފަރުންވީ ބައްޔެވެ. އިންޝާﷲ އާޚިރުގައިވެސް ވާނީ ބައްޔެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...