އިރާޤުގެ ވެރިރަށް ބަޤުދާދުގައި ދެވުނު ކާރު ބޮމުގެ ހަމަލާތަކުގައި 28 މީހުން މަރުވެ 65 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
ބުދަދުވަހު ހެނދުނު ބަޤުދާދު ގަޑިން 7:30 ގައިފެށުނު މިހަމަލާތަކުގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ ބަޤުދާދުގެ މެދުތެރޭ ސަދުރިއާ އަވަށުންނެވެ. މިއަވަށުގެ މާރުކޭޓެއްކައިރި އޮތް ކާރެއް ގޮއްވާލުމުގެ ސަބަބުން އެވަގުތު މާރުކޭޓުގައި ތިބިމީހުންގެ ތެރެއިން 5 މީހުން މަރުވެ 15 މީހުން ޒަޚަމްވެފައިވާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރެއެވެ.
މިހަމަލާތަކުގެ ޒިންމާ ވަކިފަރާތަކުން ނަގާފައި ނުވިޔަސް، ރިޕޯރޓަރުން ބުނާ ގޮތުން މިހަމަލާތަކަކީ ޢިރާޤުގައި ދިރިއުޅޭ ޝީޢީންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެކެވެ.
އިރާޤުގެ ސަލާމަތީ ބާރުތަކުން އެޤައުމުގެ އިރާވީ ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންދިޔަ ސުންނީ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ގަދަފަދަ ބާރުގެ ބޭނުންކުރުމުގެ ސަބަބުން މިދިޔަ އެޕްރީލް މަހުންފެށިގެން އިރާޤަށް ވަނީ ލޭ އޮހޮރުވުންތަކަކާ ކުރިމަތި ލާންޖެހިފައެވެ. އޭގެ ފަހުން ހިނގަމުންދާ ހަމަނުޖެހުން ތަކުގައި 5500 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އ.ދ އިން ހާމަކުރެއެވެ.
ބުދަދުވަހުގެ ހަމަލާތަކުގައި މަރުވި މީހުންނާއިއެކު މިމަހުގެ ތެރޭގައި ޢިރާޤުގައި ދެވެނު ހަމަލާތަކުގައި މަރުވި މީހުންގެ އަދަދުވަނީ 233 ކަށް އަރާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...