އދ.ގެ ޖެނެރަލް އެސެމްބްލީގައި ބޭއްވި އިންތިޚާބެއްގައި ބައިވެރިވެ ވޯޓުލުމުގެ ހައްގު ފަލަސްތީނަށް ފުރަތަމަ ފަހަރަށް ލިބިއްޖެއެވެ.
ކުރީގެ ޔުގޮސްލޭވިޔާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ބަލާ ބައިނަލްއަޤްވާމީ ކޯޓަށް ފަނޑިޔާރަކު އިންތިޚާބު ކުރުމަށް ޖެނެރަލް އެސެމްބްލީގައި ބޭއްވި އިންތިޚާބުގައި ފަލަސްތީނުން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ރިޔާޒް މަންސޫރު ބައިވެރިވެ ވަޑައިގެން ވަނީ ވޯޓުދެއްވާފައިވެ އެވެ.
މިކަމާއި ގުޅިގެން އިއްޔެ އ.ދ އިން ހާމަކުރިގޮތުގައި 2012 ވަނަ އަހަރު އ.ދ ގެ ފުރިހަމަ މެންބަރަކަށް ނުވާ ދައުލަތެއް ގޮތުގައި ފަލަސްތީން ކަނޑައެޅުމަށްފަހުގައި ޖެނެރަލް އެސެމްބްލީގެ ވޯޓެއްގައި ފަލަސްތީން އިން ބައިވެރިވި މީފުރަތަމަ ފަހަރު ކަމަށެވެ.
އ.ދ ގެ ފުރިހަމަ މެންބަރަކަށް ފަލަސްތީނު ނުވުމާއެކު ޖެނެރަލް އެސެމްބްލީއިން ނަގާ ހުރިހާ ވޯޓެއްގައި ފަލަސްތީން އަކަށް ބައިވެރިއެއް ނުވެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...