އަޅުގަނޑުމެން މިއަދު އުފަލާއި ހިތްހަމަ ޖެހުމުގައި ދުވަސްތައް ވޭތު ކުރަމުން ދާއިރު އަޅުގަނޑުމެން ފަދަ އެތައް މުސްލިމް އަޚުންނާއި އުޚްއުތުންނެއް ބިރުވެރިކަމާއި ނާމާން ކަމުގެ ތެރޭގައި ބޯހިޔާ ވަހިކަމެއް ނެތި ހަނަފަސް ސަހަރާ ތަކުގައި އުމުރުގެ ދުވަސްތައް އެދަނީ ގުނަމުންނެވެ.
ހަމަ އެކަނި މުސްކުޅިންނާއި ކުޑަކުދިންނެހް ވެސް ނޫނެވެ. އަޅުގަންޑުމެން ފަދަ އެތައް ޒުވާނުންނެއް ވެސް މިއަދު އެދަނީ އެހިއްދަތިކަން ތަހައްމަލު ކުރަމުންނެވެ. ކޮންމެ ހާލެހްގައި އުޅެމުން ދިޔަ ނަމަވެސް އެއީ ވެސް ހަމަ އަޅުގަނޑުމެން ފަދަ މުސްލިމުންނެވެ. އެމީހުން ވެސް ދެކޭ ހުވަފެން ތަކަކާއި ކުރާ އުންމީދު ތަކެހް ވެސް ހުންނާނެއެވެ. މި ކަންކަން އިހުސާސް ކުރެވެނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންނަށްބާ؟
ލޯބިވާ މައިންބަފައިންނާއި، މައުސޫމް ޅަދަރީން ބަލަބަލައި ތިއްބާ ކޮށާ ކުދިކުދި ކުރަމުން އެދަނީ ކޮން ކުށެއް އޮވެގެންބާ؟ ހަމަ އެކަނި އެމީހުންގެ ކުށަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދު ކޮށްގެން ތިބުން ކަމުގައި ވެސް އެރަހުމު ކުޑަ މުޝްރިކުން ދެކެފާނެއެވެ. އެހެން ކަމަށް ވާނަމަ މާދަމާ އަޅުގަނޑުމެންގެ ލޭއަށް ވެސް އެމީހުން ފެންބޮވައި ގަތުމަކީ ދުރުގައިވާ ކަމެހް ނޫންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...