އަރަބިދުނިޔެ އީރާނުގެ މަތިންދާބޯޓެއްވެއްޓި 70 މީހުން މަރުވެއްޖެ

އީރާނުގެ މަތިންދާބޯޓެއްވެއްޓި 70 މީހުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

އީރާނުގެ ބޮއިން 727 މަރުކާގެ މަތިންދާބޯޓެއްވެއްޓި އޭގެން ދަތުރުކުރި މީހުންގެ ތެރެއިން 70 މީހުން މަރުވެއްޖެއެވެ.

ބޯޓުގައި ފަޅުވެރިންނާއެކު މުޅިއަކު 106 މީހުންތިބިކަމަށާއި، މަރުވިމީހުންގެ އިތުރުން 35 ވަރަށްބޮޑަށް ޒަޚަމްވެފައިވާކަމަށް ޚަބަރުތައްބުނެއެވެ. އަދި ޒަޚަމްވިމީހުންގެ ޙާލު ވަރަށް ސީރިއަސްކަމަށްވެއެވެ. އަދި މަރުވާމީހުންގެ އަދަދު މައްޗަށްދާނެކަމަށްވެއެވެ.

އީރާނުގެ ރެޑްކްރެސެންޓުން ހާމަކުރާގޮތުގައި ބޯޓު ވެއްޓުނީ މޫސުންގޯސްވުމުގެ ސަބަބުންކަމަށް ލަފާކުރާކަމަށާއި ނަމަވެސް ބޯޓުވެއްޓެންދިމާވި އަސްލު ސަބަބު ހޯދުމަށް އިންވެސްޓިގޭޓުކުރަމުންދާކަމަށެވެ.

ޓެގް

އިރާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.