ވައްކަން އާންމުވެއްޖެ! ފޭރުން އާންމުވެއްޖެ! ޓެކުން އާންމުވެއްޖެ! ބަދުއަޚުލާޤީއަމަލު އާންމުވެއްޖެ! ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އާންމުވެއްޖެ! މިއަދު މި ދިވެހި މުޖްތަމައުގެ އެއްބައިވަންތަކަމާއި އަމާންކަން ވަނީ ކަނުއަދިރިކަމެއްގެ ތެރޭގައި ވީނުވީ ނޭނގި ގެއްލިފައެވެ. މިއީ ހަމައެކަނި ދައްކާވަހަކައެއްނޫނެވެ. މީ އެއްމެންނަށް އެގިހުރެ ސިއްރުކޮށްފައިވާ ބޮޑު ސިއްރެއް، ސަބަބަކީ މިކަމުގަ ޒިއްމާ އުފުއްލަން ޖެހެނީ ވަކި ފަރުދެއް ވަކިމީހަކަ ނުވާތީއެވެ. މިކަމުގައި ޓީޗަރުން، ސިޔާސީ ލީޑަރުން، ވެރީން، ވަޒީރުން، މަޖުލީހުގެ ރައީސާއި މެމްބަރުން، މައިންބަފައިން އަދިވެސް އެކި އެކި މީސްމީހުން މި ހާލަތަށް ޒިއްމާނަގަންޖެހެއެވެ.
ﷲސުބުހާނަހޫ ވަޠައާލާ ކީރިތި ޤުރުއާނުގެ އާލް އިމްރާން ސޫރަތުގެ 103ވަނަ އާޔަތުގައި ވަހީކުރައްވަނީ "ތިޔަބައިމީހުން އެންމެން ﷲ ގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން އަދާވާތްތެރިން ކަމުގައިވަނިކޮށް، އެއިލާހު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ."
މިއާޔަތަށް ބަލާއިރުވެސް މިފެނިގެން ދަނީ އެއްބައިވަންތަވެ އެކުވެރިކަމަށް ދީނުގައިވެސް އަހުމިއްޔަތުކަން ދީފައިވާ މިންވަރެވެ. ސައްތައިން ސައްތަ އިސްލާމީ މުޖްތަމައެއްކަމަށް ވަކާލާތުކޮށް އިއުލާން ކުރާ މިދިވެހި ރާއްޖޭގައި މިފަދަ ބިރުވެރިކަމަކަށް މިސްރާބުޖެހިފައިވީ ކަމަށް ޓަކާ މިއަދު ކަރުނަ އަޅާ ރޮއެމުންނެއް ހައްލެއް ނުލިބޭނޭ، ހައްލު ލިބޭނީ ހައްލު ހޯދަން ތެދުވެ އަތުގުޅާލީމައެވެ.
ނިކަން މިރާއްޖޭގެ މާޒީގެ ފުސް ސަފުހާތަކަށް ނަޒަރު ހިންގައި ބަލާލަމަ ތޯ، ބޮޑުތަކުރުފާނުގެ ޖިހާދުގައި ތެދުވި މީހުން ތެދުވުނީ ކިހިނަކުން ތޯ؟ އެގޮތުން އުތީމުގެ ތިންބެއިންވެސް ނުކުތީ ޤައުމަށްޓަކާ އަތުގުޅާލައި އާނބަސް ކިޔަމުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މި އެއްބައިވަންތަކަމުގެ ތުދުވުމަކީ ދިވެހި މި ޖަޒީރާއަށް ލިބިގެން ދިޔަ ބޮޑު މިނިވަންކަމެވެ. އުޖާލާ އަލިމަގާއި ކުރިމަގެކެވެ. ނަމަވެސް އޭރުގަވެސް ޤައުމަށް ގައްދާރުވެ ހަރާން ކޯރުވި ރަސްކަލުން ފަދަ ވެރީން މިއަދު މި ރާއްޖޭގައި އާންމުވެ، ޤައުމުގެ އަގުހުރި ތަންތަން ވިއްކައި، އެތައްރައްޔިތުންތަކެއް ޚިދުމަތް ބަލައިގަންނަންޖެހޭ މުއައްސަސާތަކާއި ތަންތަން ވިއްކައި ބޭރުގެ ވަކިތަކުގެ މުގުލުދަށަށް ލުމަކީ ތާރީޚުގެތެރެއިން ފެނިގެން ދިޔަ ހިތާމަވެރި ދުވަސް ތަކަށް ވުރެން މާ އަސަރުން ފުރި ފުންމިން ނޭންގޭފަދަ ބިރުވެރި ކަމެކެވެ.
ޤައުމުގައި ޝަރީއަތް ގާއިމް ނުވާ ވަހަކަ، ޤައުމުގަ ކުށްވެރިން 20 މިނަންޓުގެ ތެރޭގައި ދޫވާވަހަކަ ދެއްކުމުން ހައްލެއް ފެނޭތޯ؟ ނޫން، ހަމަ ކިޔާލަ ކިޔާލަ ތިބެން ޖެހޭނީ، ތިވާހަކަ ދައްކާ އެންމެން އަތުގުޅާލައި ކުށްވެރީންގެ ހެކި ތައް ޝައީއަތުގައި ސާބިތުކުރަން އާނބަސްބުނެބަލަ ޝަރީއައްތަށް ގާއިމް ކުރުމަށް ފަޑިޔާރުން ބާރުވެރިކުރުމަށް ގޮވާލައްވަވާ، މިކަންކަން މިހެން ނުކޮށެއް އަޅުގަނޑުމެންގެ މުޖްތަމައު އިހުގެ އިލާހީ މިބިމަށް ދިޔުމަކީ ނާޛިރުކަމެކެވެ. މުޙައްމަދު ތަކުރުފާނު، ދަންޑަހެލު، އަލީ ހާޖީ، ޝަހީދު ހުސައިން އާދަމް އަދިވެސް މިފަދަ ދިވެހި ބަތަލުންނަކީ ތާރީޙުގެ ފަތްފޮތް ތަކުގައި ރައްކާކޮށް ސިއްކަ ޖައްސަވާ ނަންތަކަ ނަހަދައި މިއަދު މި ބަދަލުންގެ ނަކަލުންތަކެއް މިޤައުމުން ނުކުންނަން ޖެހޭ މިޤައުމުން މަލަމަތީގައި ބޭރުގެ ސިފައިން ފެންނަންނެތަސް މިއަދު މިރާއްޖެ ވަނީ ހަމަ ބޭރުގެ އެތައް ޤައުމެއްގެ އަޅުވެތި ކަމުގައި އަދި ކިޔެއް މި އަޅުވެތިކަން އޮތީ ކޮން ޤައުމެއް ތޯ؟ މިޤައުމުވަނީ އެތައް އެތައް ޤައުމެއްގެ އަޅުވެތިކަމުގައިއެވެ.
މިއަދު މިރާއްޖޭގެ ކޮންމެ 18އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މިވަނީ ޤައުމު ބޭރުގެ ވަކިތަކުން ސަލާމަތްކޮށް ޤައުމުގެ އަނދިރިކަމުން ސަލާމަތްކުރަން ފުރުސަތުލިބިފައި މިކަމުގައި ހުރިހާ ބޭފުޅުންވެސް އަތުގުޅާލާ އާނބަސްބުނަން ޖެހެއެވެ. މި ބޮޑު އިންގިލާބު ގެނައުމަށް ވޯޓް ދޭއިރު ޤައުމުގެ ހަރުމުގާ ވިއްކާ މިހަކަށް ވޯޓް ދީގެން ނުވާނެ އަދި ކިޔެއް މިކަމުގައި އަތުގުޅާލައި އެއްބައިވަންތަ ސަރުކާރެއް ގާއިމްކޮށް އާނބަސްބުނެ އެއްގަލަކަށް ނޭރޭ މީހަކަށް ވެސް ފުރުސަތެއް ނުދެވޭނެއެވެ. މިހުރިހާ ނުދެވޭނެ ސަބަބުތަކުން މަހުރޫމުގެ ރާއްޖޭގެ ޤައުމިއްޔަތަށް އަހަމިއްޔަތުކަން ދީ ޤައުމުއިސް ކުރީ އޮނަރަބަލް ޤާސިމް އިބްރާހިމް ކަމުން އެމަނިކުފާނަށް ހުރިހާ ދިވެހިންވެސް އަތުގުޅާލާ އާނބަސްބުނަން ޖެހޭއެވެ.
އިލާހީ މިބިން ކުރައްވާންދޭ އަމާން މިއަޅާގެ އުފަން ދިވެހީންގެ މިބިން ތިބާގެ ހަޒްރަތުން ސަލާމަތުގެ އައްސޭރިއަކަށް ފޯރުކޮށް ދިނުން އެދި މިއަދުގެ ކޮންމެ ދިވެހި ދަރިޔެއްވެސް ރޮއެ އާދޭސްކުރެއެވެ. އެހެން ކަމުން އެންމެންވެސް އެކު އެކީ އަތުގުޅާލައި އާނބަސް ބުނެ ދީނީ އިލްމުވެރިންގެ ލަފަޔާ އެކީ ހެޔޮލަފާ މީހަކަށް އާނބަސް ކިޔަމާތޯ!
ކޮމެންޓް (0)
ލޯޑް ކުރަމުން...