އަރަބިދުނިޔެދިއިސްލާމްދުނިޔެ

118 ޤައުމަކުން 1.38 މިލިއަން ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރަމުން އެބަދޭ

118 ޤައުމަކުން 1.38 މިލިއަން ހައްޖުވެރިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުން އެބަދެއެވެ.

ސައުދީ ގެޒެޓްއަށް މައުލޫމާތު ދެއްވަމުން ޙައްޖުގެ ކަންތައްތަކާބެހޭ އެންމެ މަތީ ކޮމިޓީގެ އިސްވެރިޔާ މުޙައްމަދު ބިން ނާއިފް ބިން ޢަބްދުލްއަޒީޒް ވިދާޅުވީ 1434 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 118 ޤައުމަކުން 1.38 މިލިއަން ހައްޖުވެރިން މައްކާގެ މާތްވެގެންވާ ބިމަށް އައިސްފައިވާ ކަމަށެވެ.

ޚާދިމުލް ހަރްމައިނި ވައް ޝަރީފައިނި ރަސްގެފާނު އަބްދުﷲ އަށް ފޮނުއްވާފައިވާ ލިޔުމެއްގައިވަނީ ހައްޖުވެރިން ސައުދީއަށް އެތެރެވުމުގެ ކަންކަން ގޮސްފައިވަނީ އަމާންކަމާއި އޮމާންކަމާ އެކީގައި ކަމަށެވެ.

ޙައްޖުގެ ކަންތައްތަކާބެހޭ އެންމެ މަތީ ކޮމިޓީގެ އިސްވެރިޔާ މުޙައްމަދު ބިން ނާއިފް ބިން ޢަބްދުލްއަޒީޒް ވިދާޅުވީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް 1,379,531 ހައްޖުވެރިން ސައުދި އަރަބިޔާއަށް އައިސްފައިވާ ކަމަށާއި އޭގެތެރެއިން %55 ހައްޖުވެރިންނަކީ ފިރިހެނުން ކަމަށާއި %45 ހައްޖުވެރިންނަކީ އަންހެނުން ކަމަށެވެ.

ހަރަމް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދިއުމާއެކު، ސައުދީ ސަރުކާރުން ހައްޖު ކޯޓާ މަދުކުރުމުގެ ސަބަބުން 1433 ވަނައަހަރާއި ބަލާއިރު މިއަހަރުގެ ހައްޖުވެރިންގެ އަދަދު ވަނީ % 21 ދަށްވެފައެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1.29 މިލިއަން މީހުން ވައިގެ މަގުން ސައުދީއަށް އެތެރެވެފައިވާ އިރު 72000 މީހުން ކަނޑުމަގުން އަދި 14898 މީހުން އެއްގަމު މަގުން ސައުދީއަށް ހައްޖުގެ އަޅުކަން އަދާކުރުމަށް އެތެރެވެފައިވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ޙައްޖަކީ މުސްލިމުން އަހަރީ މަހާސިންތާއެވެ. ނަމަވެސް ފެންނަނީ ހަމައެކަނި ޙައްޖުގެ މަނާސިކު އަދާކުރެވޭތީޢެވެ. އެމަހާސިންތާގެ ކަންތައް އެންމެދާއިރާއަކަށް ހަނިކުރީ ވެރިންނެވެ. އިސްލާމީއުންމަތް އެކުވެފައިވާ ޚިލާފަތުގެ ބޮޑުވެރިކަމާމެދު އެންމެ ދެކޮޅު ހަދާބަޔަކީ ވެރިންނެވެ. މިންގަންނަނީ އިސްލާމްދީނުގެ ޢާލަމިންޔަތާއި އުސްތާޛިއްޔަތުގެ ވިސްނުމުގައި މަސައްކަތްކުރާ މަދުބަޔަކު ފިޔަވައެވެ. އެބައިމިހުންނަށް ވެރިކަމަކަށް ނާދެެއެވެ. އާދެވިއްޖެނަމަ އެމެރިކާ ކޮންމެވެސް ސީސީއެއް އުފައްދައި ޤައުމުގެ މީހުންކޮޅު މަރާ ހުސްކުރުމަށް މަގުފަހިކޮށްދޭނެއެވެ.

Your email address will not be published. Required fields are marked *