1434 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިޔާއަށް އައި ހައްޖާޖީންގެ ތެރެއިން ޤަވައިދާ ހިލާފުވެގެން 19193 މީހުން ހައްޔަރުކޮށް ހުއްދަނެތި އެތެރެވި 46713 މީހުން އަނބުރާ ޤައުމަށް ފޮނުވާލައިފައި ވާކަމަށް ޙައްޖުގެ ކަންތައްތަކާބެހޭ އެންމެ މަތީ ކޮމިޓީއިން ހާމަކޮށްފިއެވެ.
އާދިއްތަ ދުވަހު ސައުދީ ޖެޒެޓްގައި ހައްޖުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ހަވާލާދީ ބުނެފައިވަނީ ހުއްދަނެތި އެތެރެވި 46713 މީހުން އަނބުރާ ޤައުމަށް ފޮނުވާލައިފައި ވާކަމަށާއި އަދި 19193 އަށް ވުރެ ގިނަ މީހުން ގަވައިދާ ހިލާފުވެގެން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ހުއްދަނެތި އެތެރެވެފައިވާ ހައްޖުވެރިން ގޮވައިގެން ދަތުރުކުރި 37799 އުޅަނދުވެސް ހުއްޓުވައި ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ދަނީ މައްކާއަށް ދެވެން އޮންނަ މަގުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމްކޮށް ހުއްދަނެތް ހައްޖުވެރިން އެތެރެވޭތޯ ޗެކްކުރަމުންނެވެ.
މިއަހަރުގެ ޙައްޖު މޫސުމުގައި ހައްޖުވެރިންގެ ސަލާމަތަށްޓަކައި ސައޫދީ ސަލާމަތީ ބާރުތަކުގެ 95،000މީހުން ހަރަކާތްތެރިވާނެ ކަމަށް ޙައްޖުގެ ކަންތައްތަކާބެހޭ އެންމެ މަތީ ކޮމިޓީއިން ހާމަކޮށްފައިވެއެވެ.
އެ ކިހިނެއްވާ ކަމެއް ހައްޖަށް ދާމީހުން ފޮނުވާވެސްލާތަ