ދިއިސްލާމް 167 ހާހަށް ވުރެ ގިނަ ހައްޖާޖީން މަދީނާ އަށް

167 ހާހަށް ވުރެ ގިނަ ހައްޖާޖީން މަދީނާ އަށް

167 ހާހަށް ވުރެ ގިނަ ހައްޖާޖީން މަދީނާ އަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ އަންގާރަ ދުވަހާހަމަ އަށް 167 ހާހަށް ވުރެ ގިނަ ހައްޖާޖީން މަދީނާއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ސައޫދީ އަރަބިޔާ އިން ބުނެފި އެވެ

މިއަހަރުގެ ހައްޖުމޫސުމުގައި މަދީނާގެ އަމީރު މުޙައްމަދު ބިން ޢަބްދުލްޢަޒީޒު އެއާޕޯޓް މެދުވެރިކޮށް މިހާތަނަށް އެއްލައްކަ 9 ހާސް 810 ހައްޖާޖީން މަދީނާ އަށް އައިސްފައިވާ ކަމަށާ ދެންތިބި ހައްޖުވެރިން އައިސްފައި ވަނީ އެއްގަމުމަގުން ކަމަށް ސައުދީގެ ޚަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ދެއެވެ. މިއަހަރުގެ ހައްޖު މޫސުމުގައި ކޮންމެ ދުވަހަކު ވެސް ސައޫދީ އަރަބިޔާ އަށް 10 ހާހާއި 20 ހާހާ ދެމެދުގެ އަދަދަކަށް ހައްޖުވެރިން އަންނަމުންދާ ކަމަށް ހައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ މަސްއޫލުވެރިން ވިދާޅުވެ އެވެ.

މިއަހަރުގެ ހައްޖު މޫސުމުގައި ދޮޅުމިލިޔަނަށް ވުރެ ގިނަ ހައްޖުވެރިން މާތްވެގެންވާ މައްކާއާއި މަދީނާގެ މުޤައްދަސް ބިންތަކަށް ޒިޔާރަތް ކުރާނެ ކަމަށް ހައްޖުގެ ކަންތައްތަކާ ބެހޭ ސައޫދީ މަސްއޫލުވެރިން ލަފާކުރެ އެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.