މިޞްރުގެ ކުރީގެ ލާދީނި އަނިޔާވެރި ސެކިއުލަރ ރައީސް ހުސްނީ މުބާރަކު ކުރިއަށް އޮތް ސާޅިސް އަށް ގަޑިއިރު ތެރޭގައި ޖަލުން މިނިވަން ކުރާނެކަމަށް އޭނާގެ ޤާނޫނީ ވަކީލު ފަރީދުއް ދީބު ހާމަކޮށްފިއެވެ. އޭނާ ހާމަކުރާ ގޮތުގައި ހޯމަދުވަހު ކޯޓުން ވަނީ މުބާރަކުގެ މައްޗަށް ކޮށްފައިވާ ފަސާދާގެ ތުހުމަތުތައް އަބުރާ ގެންގޮސްފައެވެ.
"ދެން މިހާރު އޮތީ އިޖްރާޢީގޮތުން ނިންމަށްޖެހޭ ކުޑަކަމެއް އެކަށް ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި ނިމެނޭ . އެހެންވީ މިހަފްތާ ނިމުމުގެ ކުރިން އިރާދުކުރެއްވިއްޔާ ބަންދުން ވީއްލި މިނިވަންވާނެ" އައްދީބު ރޮއިޓާސް އަށް ދިން ބަސްދީގަތުމެއް ދެމުން ބުންޏެވެ.
ނަމަވަވެސް މިޞްރު ސަރުކާރުން ހިންގަމުން އަންނަ "އަލްއަހްރާމު" ނޫހުގެ ފަރާތުން އެތަށް އަހަރެންވަންދެން މުބާރަކަށް ހަދިޔާގެ ގޮތުގައި ފޮނުވާފައިވާ ތަކެތީ ބޭނުންކޮށްފައިވާ ކަމުގެ ދަޢުވާ ތަޙްޤީޤު ކުރުމަށް މުބާރަކު 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ޖަލުން ސިޓީ ފޮނުވާނެ އިރަކަށް އިންތިޒާރުކުރާކަމަށް މިޞްރުގެ ބަންޑާރަ މުދަލާބެހޭ އިދާރާގެ ޤާނޫނީ ވަކީލު އަޙްމަދު އަލްބަހްރަވީ ވަނީ ހާމަކޮށްފައެވެ.
" އަހްރާމުގެ މައްސަލާގައި އޭނާ ހައްޔަރުކޮށްފައި ބަހައްޓަށް ޖެހޭ މުއްދަތް ފެށީނީ ރިޔާސީ ގަނޑުވަރުގެ މައްސާލާގައި ބަންދުކޮށްފައި ބަހައްޓާފައި ހުރި މުއްދަށް ނިމޭ ވަގުތުން ފެށިގެން" އަޙްމަދު އަލް ބަހްރަވީ އިތުރަށް ބުންޏެވެ.
މުބާރަކާއި އޭނާގެ ދެދަރިންކަމަށް ވާ ޢަލާ އާއި ޖަމާލުގެ މައްޗަށް ޤާހިރާގެ ކޯޓުން އުފުލާފައިވާ ދަޢުވާ އަކި ރިޔާސީ ގަނޑުވަރުގެ ބަޖެޓުން މުބާރަކުގެ އަމިއްލަ ގެއއަކާއި އޮފީހެއް ބެލެހެއްޓުމަށް ފައިސާ ޙަރަދުކޮށްފައިވާ ކަމުގެ ފަސާދާއިގެ ދަޢުވާއެވެ.
އަނެއްކޮޅުން މުބާރަކާ ދެކޮޅަށް 2011 ވަނަ އަހަރު މުޒާހަރާކުރި ރައްޔިތުންގެ ތެރެއަށް ބަޑިޖެހުމަށް ޢަމުރުކުރިކަމުގެ ކުށްވެސް ވަނީ އޭނާގެ މައްޗަށް މީގެ ކުރިންވެސް ކޮށްފައެވެ.
މަޞްދަރު: އިސްލާމް މެމޯ.
ޚިޔާލު