މިޞްރުގެ ރައީސް ޑރ. މުޙައްމަދު މުރްސީގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށް އުފެއްދި އައު ސަރުކާރުގެ ދާޚިލީ ވުޒާރާ ( ހޯމް މިނިސްޓްރީ) ގެ ރަސްމީ ފޭސްބުކް ޕޭޖްގެ އެޑްމިން މުޙައްމަދު އިބްރާހީމް އަޙްމަދު އޭނާގެ ވަޒީފާއިން އަމިއްލައަށް ވަކިވެ، ސުލުޙަވެރިކަމާއެކު މުޒާހަރާކުރަމުންދާ މުސްލިމު ރައްޔިތުންނާއި ގުޅުނުކަމަށް އެމިނިސްޓްރީގެ ފޭސްބުކު ޕޭޖްގައި ޝާއިއުކޮށްފިއެވެ.
ތިރީގައި މިވަނީ އޭނާ ޝާއިޢުކޮށްފައިވާ ބަޔާނެވެ.
"بسم الله الرحمن الرحيم
އަހަރެންނަކީ މިޞްރުގެ މުވާޠިނެއްކަމަށްވާ މުޙައްމަދު އިބްރާހީމް އަޙްމަދެވެ. މަސައްކަތްކުރަނީ ހޯމްމިނިސްޓްރީގައެވެ. ރައްޔިތުންނާއި އަދި އަނިޔާލިބިފައިވާ އަހަރެންގެ އަޚުންނަށްޓަކައި އަހުރެންގެ ވަޒީފާއިން ވަކިވިކަން އިޢުލާނުކުރަމެވެ. އެއީ ޝަރީޢަތުގެ މައްޗަށް ގަދަވެގަނެފައިވާ އަނިޔާވެރިންގެ އަނިޔާއާއި އަދި އެމީހުން ހުއްޓުމެއްނެތި އޮޅުވާލަމުން އަންނަ އޮޅުވާލުންތަކާއި އަދި އެމީހުންނާއި ޚިޔާލުތަފާތުވާ ފުލުހުންނާއި ސިފައިން ޤަތުލުކުރަމުން އަންނަތައް ދުށުމަށް ފަހުއެވެ. އެގޮތުން އަހުރެންނާއި އެކު މަސައްކަތް ކުރި އެތައް އެކުވެރިންނެއް ވަނީ ޤަތުލުކޮށްލާފައެވެ. އަދި އަހުރެންނަށް ތަކުރާރުކޮށް އަންނަނީ އިންޒާރުދީ ބިރުދައްކަމުންނެވެ. އެކަމަކު އަނިޔާވެރިކަމާއި އެކު ގަދަބާރުން ގަދެވެގަނެގެންތިބި މީހުން ( އައްސީސީ އާއި އޭނާގެ އަޢުވާނުން) ކުރަމުން އަންނަ ކަންތައްތަކުން އަހުރެން ބަރީޢަވެގެންވާ ވާހަކަ ފަޚްރުވެރިކަމާއެކު އިޢުލާނު ކުރަމެވެ.
އަހަރެން އަތުގައި ވަރަށް ގިނަ މަޢުލޫމާތު އެބަހުއްޓެވެ. ނަމަވެސް މިވަގުތު އެހުރިހާ މަޢުލޫމާތުތަކެއް އިންޓަނެޓުގައި ޝާއިޢު ނުކުރެވޭނެ އެވެ. އަދި އަހުރެން މިގޭ ކުޑައިރުކޮޅެއް ފަހުން، ފަހަރުގައި މަގުމަތީގައި އެއްލާލާފައި ނުވަތަ މަރާލާފައި އޮވެދާނެތީ މިވަގުތު އަވަސްގޮތަކަށް ކަލޭމެންނަށް ބައެއްކަންތައްތަ ހާމަކޮށްލާނަމެވެ.
1- އެމެރިކާއާއި އިޒްރޭލުގެ އެހީތެރިކަމާއެކު އިންޤުލާބު ގެންނަން "ތަމަރުދަށް"( ބަޣާވާތްކުރުމަށް ނުކުތް ލާދީނީ ގުރޫޕަށް ކިޔާނަން) ފަންޑުކޮށްދިނީ މުރުތައްދު ޞަލީބީއެއްކަމަށްވާ ނަޖީބު ސާވިރަސް އެވެ. އަދި އޭނާ އިންޤިލާބުގެ ކަންތައްތައް އިދާރީ ގޮތުންނާއި މާލީގޮތުން ބެލެހެއްޓުމަށް ހަވާލުކުރީ އޮން.ޓީވީ ގެ މުދީރު އަލްބަޓް ޝަފީޤާއެވެ.
2- މުދާދީގެން އައްސީސީ ހައްލާލީއެވެ. އިންޤިލާބަށްޓަކައި އޭނާގެ އަމިއްލަ އެކައުންޓަށް ހަމައެކަނި ބައިމިލަޔަން ޑޮލަރު ޖަމާކޮށްދިނެވެ."
ބަޔާން ނިންމާލާފައިވަނީ ފަހުން އިތުރު މަޢުލޫމާތުތައް ހާމަކުރާނެކަމަށް ބުނަމުންނެވެ.
މަޞްދަރު: އިސްލާމް މެމޯ
ކޮމެންޓް (0)
ލޯޑް ކުރަމުން...