އެފްރިކާ "ފުލުހުން ބޭނުންވަނީ ޟުޙާ ނަމާދުކުރަން، އެކަމަކު އިޚްވާނީން އެކަމަށް ހުރަސްއަޅަނީ": އަލްޢަރަބިއްޔާ ޓީވީ

"ފުލުހުން ބޭނުންވަނީ ޟުޙާ ނަމާދުކުރަން، އެކަމަކު އިޚްވާނީން އެކަމަށް ހުރަސްއަޅަނީ": އަލްޢަރަބިއްޔާ ޓީވީ

"ފުލުހުން ބޭނުންވަނީ ޟުޙާ ނަމާދުކުރަން، އެކަމަކު އިޚްވާނީން އެކަމަށް ހުރަސްއަޅަނީ": އަލްޢަރަބިއްޔާ ޓީވީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ ބުދަ ދުވަހުންފެށިގެން މިޞްރުގެ އެކި ކަންކޮޅުތަކުގައި އެޤައުމުގެ ލާދީނީ އަސްކަރިއްޔާއިން ހިންގަމުން އަންނަ ބޮޑުލޭއޮހޮރުވުމުގެ ޚަބަރުތައް މީސްތަކުންނަށް އޮޅުވާލާ އެކަންތައްތައް ފޮރުވުމަށް އެމީހުން އަންނަނީ ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިޞްރާއި އަދި އެހެންވެސް ބައެއް ޢަރަބި ޓީވީ ޗެނަލުތަކުން އަންނީ މިކަމުގައި ލާދީނީ ސެކިއުލަރ އަސްކަރިއްޔާއަށް އެހީވަމުންނެވެ.

މިގޮތުން މެދުވެރިމަތީގެ ޚަބަރުތައް ގެނެސްދޭ އަލްޢަރަބިއްޔާ ޓީވީ ޗެނަލުން ޤާހިރާގެ އައްރަމްސީސް މައިދާނުގައި ހުންނަ އަލްފަތަޙް މިސްކިތާއި އެމިސްކިތްވަށައިގެންވާ ސަރަހަދުތައް ހިއްޞާރުކޮށްގެ ތިބެ މިޞްރުގެ ފުލުހުންނާއި ސިފައިން ހިންގަމުންދާ އަނިޔާވެރި ކަންތައްތަވަނީ ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ގެނެސްދީފައެވެ. އެގޮތުން އެޗެނަލްއިން ކުއްލި ޚަބަރުގެ ގޮތުގައި ޓީވީ ސްކުރީނަށް އަރުވަމުން ގޮސްފައިވަނީ ފަތަޙަމިސްކިތުގައި ފުލުހުން ޟުޙާނަމާދުކުރަށް ބޭނުންވުމުން އެމިސްކިތުގައި ތިބި އިޚްވާނުލްމުސްލިމީން ޖަމާޢަތަށް ނިސްބަތްވާ ބަޔަކު އެކަމަށް ހުރަސް އެޅީކަމަށެވެ.

"މިޞްރުގެ ފުލުހުން ޟުޙާނަމާދުކުރަށް ބޭނުންވުމުން އިޚްވާނީ އެމީހުން މިސްކަތަށް ވަނެނުދީ މަނާކުރީއެވެ" އަލްޢަރަބިއްޔާ ޓީވި ގެ ސްކުރީނަށް ކުއްލިޚަބަރުގެ ގޮތުގައި އަރުވާފައިވާ ޢިބާރާތުގައި ވަނީ މިފަދައިން ލިއެފައެވެ.

ނަމަވެސް ޙަޤީޤަތަކީ މިދިޔަ ހުކުރުދުވަހުގެ ހުކުރުނަމާދަށް ފަހު ޤާހިރާގެ އައްރަމްސީސް މައިދާނަށް މުސްލިމުން ޞުލުޙަވެރިކަމާއި އެކު އެއްވުމުން ބާރުގެ ބޭނުންކޮށްގެ އެއްވުން ރޫޅާލަށް ފުލުހުން އުޅުމުން އެމައިދާނުގައި ހުރި ފަތަހަމިސްކިތައް މީސްތަކު ވަދެ ހިމާޔަތް ހޯދީމާ ފުލުހުން މިސްކިތް ހިޞާރުކޮށް މީހުންނަށް މިސްކިތުން ބޭރަށް ނުކުމެވޭނެ އެންމެހާގޮތްތައް ބަންދުކޮށް ބަޑީގެ ހަމަލާދީ އެމިސްކިތުގައި ތިބި އެތައް ބަޔަކު މަރާޤަތުލުކޮށްފައިވާކަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.