އަރަބިދުނިޔެ އަޒުހަރުގެ މިސްކިތުގައި ބަންގި ގޮވުން ހުއްޓުވާ ހުކުރަށް ދިޔަ ބަޔަކު ބޭރަށް ދިޔަނުދީ ހިފަހައްޓައިފި

އަޒުހަރުގެ މިސްކިތުގައި ބަންގި ގޮވުން ހުއްޓުވާ ހުކުރަށް ދިޔަ ބަޔަކު ބޭރަށް ދިޔަނުދީ ހިފަހައްޓައިފި

އަޒުހަރުގެ މިސްކިތުގައި ބަންގި ގޮވުން ހުއްޓުވާ ހުކުރަށް ދިޔަ ބަޔަކު ބޭރަށް ދިޔަނުދީ ހިފަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ އަސްކަރިއްޔާއިން އެޤައުމުގައި ހުންނަ ދުނިޔެގެ އެންމެ ދުވަސްވީ ޔުނިވާރސީޓީ ކަމަށް ވާ އަލްއަޒްހަރު ޔުނިވަރސިޓީގެ މިސްކިތުގައި ފުރަތަމަ ފަހަރަށް ބަންޤި ގޮވުން ހުއްޓުވައިފިއެވެ.

14-ޖުލައި-2013 ވީ އާދިއްތަ ދުވަހަ އަޒުހަރުގެ ޢިލްމުވެރިން އަސްކަރިއްޔާއިން ގެނައި "ބަޣާވާތާ" ދެކޮޅަށް އެ މިސްކިތުގައި ބާއްވަށް އުޅުނު ކޮންފަރެސް ހުއްޓުވުމަށް އެދުވަހު ވަނީ މިސްކިތުގެ މައިކު އަތުލާ ބަންޤި އާއި ޤަމަށް ދިނުމަށް ހުރަސް އަޅާފައެވެ. އަދި އެދުވަހު މިސްކިތް މީހުން ނުވަދެވޭގޮތަށް ބަންދުވެސް ކުރިއެވެ. ނަމަވެސް މިހުރިހާ ފިއްތުތަކާއި އެކުވެސް އަޒްހަރުގެ ޢިލްމުވެރިންވަނީ މި ކޮންފަރެސްބާއްވާފައެވެ.

އަނެއްކޮޅުން އިއްޔެ (19-7-2013) ވަނީ އެމިސްކިތައް ހުކުރަށް ދިޔަ އެތަށް ބަޔަކު ހުކުރު ނަމާދަށް ފަހު މިސްކިތުން ބޭރަށް ނުދެވޭގޮތަށް މިސްކިތްތެރޭގައި ހިފަހައްޓާފައެވެ. އެއީ މިޞްރުގެ އެކި ކަންކޮޅުތަކުގައި "އަސްކާރިއްޔާ" އާއި ދެކޮޅަށް ބާއްވާ އެއްވުންތަކުގައި ބައިވެރިވުން ހުއްޓުވުމުގެ ގޮތުންކަމަށް ޚަބަރުތައް ލިބެއެވެ.

 ހުކުރު ނަމާދަށް ފަހު މިޞްރުގެ އެކި ކަންކޮޅުތަކުގައި ދަނީ ބޮޑެތި ޞުލުޙަވެރި އެއްވުންތަކެއް ރައީސް މުރުސީ އަށް ތާއިދުކޮށް ބާއްވަމުންނެވެ.

މަޞްދަރު: އިސްލާމްމެމޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.