މިސްރުގެ އިންތިހާބީ ވެރިޔާ ޑރ މުރުސީ އާއި ދެކޮޅަށް ބަޤާވާތް ހިންގި އިދިކޮޅު ސިޔާސީ މީހުންނަށް އެމެރިކާއިން އެހީތެރިވެފައިވާކަމަށް އެމެރިކާގެ ރަސްމީ ލިޔެކިޔުންތަކަކުން ހާމަވެއްޖެއެވެ.
އެމެރިކާގެ ރަސްމީ ލިޔުންތަކަކާއި ހަވާލާދީ މީޑީއާ ރިޕޯޓްތަށް ބުނާގޮތުގައި މެދުއިރުމަތީގައި ޑިމޮކްރަސީ ފައްކާކުރުމުގެ ނަމުގައި އެމެރިކާއިން މިސްރުގެ އިދިކޮޅު ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭކަމަށާއި އިދިކޮޅު ފަރާތްތަކުން ޑރ މުރުސީ އާއި ދެކޮޅަށް ނުކުމެފައިވަނީ މިއެހީތެރިކަމުން ކަމަށެވެ.
ލިޔެކިޔުންތައް ބުނާ ގޮތުގައި އެމެރިކާއިން މިސްރުގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެމެރިކާއިން މިސްރަށް ޝައުގުވެރިވާއިރު މިސްރުގައި މުސްލިމުންގެ ބާރުގަދަވަމުންދާތީއެވެ. އަދި އެކަމުގެ ސަބަބުން މިސްރުގައި ތިބި ސެކިއުލާރ މީހުންނަށް ފައިސާގެ އެހީ ދީފައިވައިވާކަމަށެވެ.
މިސްރުގެ އިންތިހާބީ ވެރިޔާ ޑރ މުރުސީ ވެރިކަމުން ދުރުކޮށް އަސްކަރިއްޔާއިން ވެރިކަމާއި ގަދަކަމުން ހަވާލުވެފައިވާއިރު އެމެރިކާއިން ދަނީ އަސްކަރިއްޔާގެ ސަރުކާރާއި ގާތްގުޅުމެއް ބާއްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...