މިޞްރުގެ އަސްކަރިއްޔާއިން މުރުސީއަށް ތާއިދުކުރާ ބަޔަކު މަރާލައިފިއެވެ.
މިޞްރުގެ އަސްކަރިއްޔާއިން އެޤައުމުގެ އިންތިޚާބީ ވެރިކަމާއި ދެކޮޅަށް ގެނައި "ބަޣާވާތްތައް" ފަހު މިޞްރުގެ އިންތިޚާބީ ރައީސް އައްސައިދު މުޙައްމަދު މުރުސީ-حفظه الله- އަށް ތާއިދުކޮށް ސުލުޙަވެރި އެއްވުންތައް ބާއްވަމުން ކުށުންނެތް ޢާއްމުގެ ތެރެއިން ފަސްމީހުން ބަޑިޖަހައި މަރާލާފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި އަސްކަރިއްޔާ އާއި އާއްމުނާއި ދެމެދު ހިގަމުން އަންނަ ކުރިމަތިލުމުގައި އެތަށް ސަތޭކަބަޔަކު ވަނީ ޒަޚަމުވެފައެވެ.
މިގޮތުން މިޞްރުގެ އިންތިޚާބީ ރައީސް އައްސައިދު މުޙައްމަދު މުރުސީ-حفظه الله- ގެ އުފަށް ރަށުގައި ވަނީ އެމަނިކުފާނަށް ތާޢިދުކުރާ ހަތަރުމީހަކު އަސްކަރިއްޔާގެ ޙަމަލާތަކުގައި މަރުވެފައެވެ. އަނެއްކޮޅުން އެރަށުގެ ޢަރަބިޤަބީލާތަކުން ދަނީ އަސްކަރިއްޔާއިން ގެނައި "ބަޣާވާތް" ޤަބޫލުނުކުރާނެކަށް ހާމަކޮށްފައެވެ.
އަނެއްކޮޅުން މިޞްރުގެ ބޮޑުއެއް ސަހަރުކަމަށްވާ އިސްކަންދަރިއްޔާގައިވަނީ އެކަކު މަރުވެފައެވެ. އޭނާ މަރުވީ މިޞްރުގެ އިންތިޚާބީ ރައީސް އައްސައިދު މުޙައްމަދު މުރުސީ-حفظه الله- އަށް ތާއިދުކޮށް އިސްކަންދަރިއްޔާގެ " ސައްޔިދީ ބަޝަރު" ގައި ބޭއްވި ހިގާލުމަކަށް އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ލާދީނީ ގޭންގުތަކުން ހުރަސްއެޅުމުން ހިގި ހަމަނުޖެހުންތަކުގައެވެ. އަދި މި ހަމަނުޖެހުންތަކުން ރައްކާތެރިކަށް ހޯދުމަށް އިސްކަންދަރިއްޔާގެ ގިނަ އަންހެނުންދަނީ އެ ސަހަރުގެ މިސްކިތްތަކަށް ޖަމާވަމުންނެވެ.
އަސްކަރިއްޔާއިން ގެނައި "ބަޣާވާތުން" ކުރުމަށް ފަހު މިޞްރުގެ އިންތިޚާބީ ރައީސް އައްސައިދު މުޙައްމަދު މުރުސީ-حفظه الله- އަށް ތާއިދުކުރާ ފަރާތައް ހުއްޓުވުމަށް އަންނަނީ ބާރުގެ ބޭނުންކުރަމުންނެވެ. މިގޮތުން މިޞްރުގެ މަޝްހޫރު "ސުވެސް " ސިޓީގައި އަސްކަރިއްޔާއިން އެޤައުމުގެ އިންތިޚާބީ ރައީސް އައްސައިދު މުޙައްމަދު މުރުސީ-حفظه الله- އަށް ތާއިދުކުރާފަރާތަކާއި ދެކޮޅަށް ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި އެސަރަހައްދުގެ ފުލުހުންވަނީ މިޞްރުގެ އިންތިޚާބީ ރައީސް އައްސައިދު މުޙައްމަދު މުރުސީ-حفظه الله- އަށް ތާއިދުކޮށް ބެއްވި ސުލުޙަވެރި އެއްވުމަކަށް ކަރުނަގޭސްޖަހައި އެ އެއްވުން ރޫޅާލާފައެވެ. އަދި މިރޫޅާލުމުގެ ތެރެއިން ބަޑީގެ އަޑުފަށްގަނޑުވެސް އިވިގެންދިޔައެވެ.
އަނެއްކޮޅުން މިޞްރުގެ "ސޫހަޖު" ކިޔޭ ސަރަހައްދުގައި އަސްކަރިއްޔާއިން މިޞްރުގެ އިންތިޚާބީ ރައީސް އައްސައިދު މުޙައްމަދު މުރުސީ-حفظه الله- ގެ ސަރުކަރު ވައްޓާލާ "ބަޣާވާތް" ކުރިކަމަށް އިޢުލާނު ކުރި ހިސާބުން އެ ސަރަހާއްދުގެ "ޘާޤާފީ މައިދާނަށް " މީސްތަކުން އެއްވެ މިސްރުގެ ދިފާޢީވަޒީރު އައްސީސީ އާއި އަސްކަރިއްޔާގެ މައްޗަށް އަންނަނީ ބަދު ދުޢާ ކުރަމުންނެވެ. އަދި އެއްވުމުގެ ބައިވެރިން " އަހުރެމެންނަށް ﷲ ފުދިގެން ވެއެވެ. އަދި އެކަލާނގެ އެއި އެފަރާތަކަށް ވަކީލުކުރުން އެންމެ ރަނގަޅު ފަރާތެވެ." މިހެން ކިޔައި ދަނީ އަޑު އުފުލަމުންނެވެ.
وقامت قوات الجيش بفض اعتصام مؤيدي الرئيس محمد مرسي في محافظة السويس بالقوة، كما ألقت الشرطة القنابل المسيلة للدموع على مؤيدين الرئيس أمام محطة اسيوط، وسط هتافات للمؤيدين "سلمية"، وتم سماع طلقات رصاص حى، والقوات تحاول تفريقهم.
كما سادت حالة من الغضب شوارع محافظة سوهاج عقب سماع بيان الانقلاب، وشهد ميدان ثقافة سوهاج حالة من الهرج والمرج، والدعاء على السيسى والمجلس العسكري مرددين "حسبي الله ونعم الوكيل"

















ޚިޔާލު