މިޞްރުގެ ލާދީނީ ފަރާތްތަކުން މިޞްރުގެ އިންތިޚާބީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމުން، އަސްކަރިއްޔާއިން މުޚުލަތެއް ދިނުމަށްފަހު މިޞްރުގެ ރައީސް ޑރ. މުޙައްމަދު މުރުސިގެ ސަރުކާރު ގަދަކަމުން ވެރިކަންމުން ދުރުކުރި ނަމަވެސް މިޞްރުގެ ރައީސް ޑރ. މުޙައްމަދު މުރުސީ އަމިއްލައަށް އިސްތިއުފާ ދިން ކަން ޢިއުލާން ނުކުރައްވާކަމަށް މީޑީއާ ރިޕޯޓުތައް ބުނެފިއެވެ.
މުރުސީގެ އޮފީސްގެ ފޭސްބުކު ޕޭޖު މެދުވެރިކޮށް ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ މިޞްރުގައި ކޮށްފައިވާ "ބަޣާވާތް" ޤަބޫލު ނުކުރުމަށް މިޞްރުގެ ސިފައިންނަށާއި ރައްޔިތުންނަށް ގޮވާލާފައެވެ.
އަދި ޤާނޫނު އަސާސީ ނެގެހެއްޓުމަށް މިސްރުގެ ސިފައިންނަށް ޑރ. މުރުސީ ވަނީ ގޮވާލައްވާފައެވެ.
އަލްއަރަބިއްޔާ ޗެނަލާއި އަޙްރާމު އޮންލައިންއިން ބުނެފައިވަނީ މުރުސީ ހުންނެވީ މިޞްރުގެ ރައްޔިތުން ހަވާލުކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރެއްވުމަށް ސާބިތުވެ ހުންނެވުމަށްކަމަށާއި، އަސްކަރިއްޔާގެ ބެލުމުގެ ދަށަށް މުރުސީ ގެންނެވި ނަމަވެސް، އަމިއްލައަށް އިސްތިއުފާ ދެއްވިކަން އިޢުލާން ނުކުރައްވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...