އަރަބިދުނިޔެ ބަޣާވާތް ގަބޫލު ނުކުރުމަށާއި ޤާނޫނު އަސާސީ ނެގެހެއްޓުމަށް ސިފައިންނަށް ޑރ. މުރުސީ ގޮވާލައިފި

ބަޣާވާތް ގަބޫލު ނުކުރުމަށާއި ޤާނޫނު އަސާސީ ނެގެހެއްޓުމަށް ސިފައިންނަށް ޑރ. މުރުސީ ގޮވާލައިފި

ބަޣާވާތް ގަބޫލު ނުކުރުމަށާއި ޤާނޫނު އަސާސީ ނެގެހެއްޓުމަށް ސިފައިންނަށް ޑރ. މުރުސީ ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަޣާވާތް ގަބޫލު ނުކުރުމަށާއި ޤާނޫނު އަސާސީ ނެގެހެއްޓުމަށް ސިފައިންނަށް ޑރ. މުރުސީ ގޮވާލައިފިއެވެ.

މިސްރުގެ އިންތިހާބީ ވެރިޔާ ޑރ މުރުސީ ވެރިކަމުން ދުރުކޮށްފައިވާކަމަށް އަސްކަރިއްޔާއިން އިއުލާންކުރުމާއި ގުޅިގެން ފޭސްބުކް މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި "ބަޣާވާތް ގަބޫލު ނުކުރުމަށާއި ޤާނޫނު އަސާސީ ނެގެހެއްޓެން ޖެހޭނެ"ކަމަށެވެ. އިތުރަށް ޑރ. މުރުޝީ ވިދާޅުވެފައިވަނީ، ކޮންމެ ފަރުދަކުވެސް އެބައިމީހުންގެ މަސްޢޫލިއްޔަތު މާތްﷲ ގެ ހަޒްރަތުގައި އުފުލަން ޖެހޭނެ ކަމަށެވެ.

ޑރ މުރުސީ އާއި ހަވާލާދީ މީޑިއާތަކުން ޚަބަރުދޭ ގޮތުގައި "އެއްބަޔަކު އަނެއްބަޔައެއްގެ ލޭ އޮހޮރުވާ ނުލުމަށާއި ސުލްހަވެރިކަމާއި އެކު ކަންކަން ނިންމުމަށް ޑރ މުރުސީ ގޮވާލާ"ކަމަށެވެ.

"އެއްވެސް މީހަކު ހަތިޔާރު ނުނަގާތި. ހަތިޔާރު އެމީހެއްގެ އަތުގައި ބަހައްޓާ. ހަތިޔާރުގެ ބޭނުން ނުކުރާތި" ޑރ. މުރުސީއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ޑރ މުރުސީ އާއި ދެކޮޅަށް ތަހުރީރު މައިދާނުގައި ފެށި މުޒާހަރާތަކަށް މިސްރުގެ އަސްކަރިއްޔާއިން އިޖާބަދީ ވެރިކަން ވައްޓާލިކަން އިއުލާން ކުރީ މިރޭގެ ވަގުތެއްގައެވެ. މިސްރުގެ ވެރިކަން ވައްޓާލާ ޤާނޫނޫނު އަސާސީއަށް އަމަލުކުރުންވެސް ވަނީ ހުއްޓުވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.